އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ފަތުރުވެރިންގެ ބީޗަށް މޫދަށް އެރުމުގެ ހުއްދަ ދީފައިވާ 02 ގެސްޓް ހައުސް ފިޔަވާ މިރަށުގެ އިތުރު ގެސްޓް ހައުސް އެއްގެ ފަތުރުވެރިން، ފަތުރުވެރިންގެ ބީޗަށް ވަނުން ވަގުތީގޮތުން މަނާކުރުން

މިރަށަށް ލޯކަލް ޓޫރިޒަމް ތަޢާރަފްވެ ގެސްޓްހައުސްތައް އުފެދި އެ ގެސްޓްހައުސްތަށް އޮޕަރޭޓް ކުރަންފެށުމުން ގެސްޓްހައުސް ތަކަށް އަންނަ ފަތުރުވެރިން ރަށުގެ އެކި ދިމަދިމާލައް ނިވާކަން ކުޑަ ހެދުމުގައި މޫދައް އެރެމުން ގެންދާތީ، އެކަމުގެ ޝަކުވާ ރަށުގެ ބައެއް ޢާއްމުންގެ ފަރާތުން މިކައުންސިލްގެ އިދާރާއަށް ހުށަހެޅެމުން ދަނިކޮށް، އޭރު މިރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން އިސްވެ ފަތުރުވެރިން މޫދައް އެރޭނެ ސަރަޙައްދެއް ކަނޑައަޅާ އެކަން ހަރުދަނާ ކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް އިންތިޒާމް ކޮށްދިނުމަށް މިކައުންސިލް އިދާރާގައި އެދުމުން، މިކައުންސިލްގެ އިދާރާއިން ވަރަށް ފުޅާދާއިރާއެއްގައި މިކަމާއިމެދު މަޝްވަރާ ކުރުމަށްޓަކައި، ގެސްޓްހައުސް ހިންގާ ހުރިހާފަރާތްތަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ކުރާފަރާތްތަކާއި، މިރަށުގައިހުރި މުވައްސަސާ ތަކުންނާއި، މިއިދާރާގެ ހުރިހާ ކައުންސިލަރުންނާއި، އަދިމި ކައުންސިލް އިދާރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ވެސް ހިމެނޭގޮތައް އޭރުވަނީ ބައްދަލުވުމެއް ބާއްވާ މިކަންކަމާއި މެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމާ، މިކަމައް ޙައްލު ގެނެވޭނެ ގޮތްތަކެއް އެކަށައަޅާ އެކަން ވަރަށް ފުރިހަމައަށް ތަންފީޒުކޮށްފައެވެ.

މިގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވި  ނިމުނުގޮތައް މިކައުންސިލް އިދާރާއިން ގެސްޓުން މޫދައްއެރުމަށް ތަނެއް ހެދުމަށްފަހު ހަމަމިގޮތައް ދެވަނަ ބައްދަލުވުމެއް ބާއްވާ އެބައްދަލުވުމުން ނިންމީ، އެތަން ތަރައްޤީކުރުމުގެ ގޮތުން ދެވަނަ ފިޔަވަހީގެ ގޮތުގައި އެތަނުގައި ފާޚާނާ ކުރުމަށް 02 ފާޚާނާއާއި، ފެންވެރޭނެ ނިޒާމްއެއްވެސް ޤާއިމްކޮށް ދިނުމަށެވެ. މިގޮތައް އެދުމުން މިތަނުގައި މިނިޒާމް ޤާއިމު ކުރުމަށްޓަކައި ވެސް މިއިދާރާގެ ބަޖެޓުން ވަރަށްބޮޑެތި ޚަރަދު ތަކެއްކޮށް އެތަނުގައިވާނީ، މިނިޒާމްވެސް ޤާއިމްކޮށް ދީފައެވެ. މިގޮތުން މިއިދާރާއިން މިހާބޮޑު ޚަރަދުކޮށގެން މިނިޒާމް ޤާއިމްކުރީ، މިކުރި ޚަރަދު އަނބުރާ ގެސްޓް ހައުސްތަކުން ޚިދުމަތް ހޯދާފަރާތްތަކުން ލިބޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ދެއްވުމުންނެވެ. މިގޮތުން މިތަނުގެ ޚިދުމަތް ރަނގަޅުކުރުމަށްފަހު މިތަނުގެ އިންވެސްޓް ކަވަރ ކުރުމަށް ޓަކައި ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން USD 1 ޑޮލަރު ދިނުމަށް އޭރުވާނީ، ހުރިހާ ގެސްޓް ހައުސްތަކުން އެއްބަސް ވެފައެވެ.

ވީމާ، އެއްބަސް ވެފައިވާ ގޮތައް ފަތުރުވެރިންގެ ބީޗަށް ދައްކަންޖެހޭ USD 1 ޑޮލަރު ދެއްކުމަށް ތަކުރާރުކޮށް އަންގާވެސްUSD  1 ޑޮލަރު ނުދައްކާ ފަރާތްތަކުގެ ގެސްޓުންނަށް ފަތުރުވެރިންގެ ބީޗް ބޭނުން ނުކުރެވޭނެކަން އެންގުމަށް ޓަކައި މިހާރުވަނީ، ފަތުރުވެރިންގެ ބީޗްގައި ބޯޑު ބެހެއްޓިފައެވެ.

ވުމާއެކު، ކުރިންވެސް ހުރިހާ ގެސްޓް ހައުސްތަކުން އެއްބަސް ވެފައިވާ ގޮތުގެމަތިން މިރަށުގެ އެއްވެސް ގެސްޓް ހައުސް އެއްގެ ފަތުރުވެރިއަކު ރަށުގެ އެއްވެސް  ދިމާއަކަށް މޫދަށް އެރިއުޅުމަކީ، މަނާކަމެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

27 ނޮވެންބަރު 2018
ހޯދާ