މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުން

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މި މިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޚާއްސަ އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް  "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު، މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގާއި ތަފުޞީލު ހުށަހަޅަން ވާނެއެވެ.

މިމަސައްކަތުގެ ތަފްޞީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާނާ އެއްކަރުދާސް ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޑިސެމްބަރ 2018 ވާ އާއްދިތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، (ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން) އަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

14 ރަބީޔުލްޢަވަލް 1440

22 ނޮވެމްބަރ 2018

22 ނޮވެންބަރު 2018
ހޯދާ