ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 ނަންބަރ: GS-65-A/2018/48 

 ތާރީޚު: 19 ނޮވެމްބަރ 2018 

މަޤާމު :

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:

-

ބޭނުންވާ ޢަދަދު:

1

މަޤާމްގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް 3 މަސް)

ސެކްޝަން:

އެޑްމިން، ބަޖެޓު

މަޤާމް އޮތް އޮފީސް:

ވިލުފުށީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވިލުފުށީ ސްކޫލު / ތ.ވިލުފުށި

މުސާރަ:

 މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

މަޤާމުގެ

މަސްއޫލިއްޔަތު :

1.  ހ. އޮފީހަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް، ޖަވާބު ފޮނުވަން ޖެހޭ ލިޔެކިޔުންތަކުގެ ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ޢާއްމު އިޢުލާން، ދެންނެވުންތައް ތައްޔާރުކޮށް ޢާއްމުކުރުން.

2. ލިޔެކިޔުންތައް ފައިލްކުރުމާއި، ފައިލިންގ ސިސްޓަމް ޤަވާއިދުން ބެލެހެއްޓުމާއި، ސެކްޝަންތަކަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދާ، އެސެކްޝަނަކަށް ޙަވާލުކުރުން.

3. ސެކްޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔުންތައް ބައިންޑް ކުރުމާއި، ފެކްސް / މެއިލް ކުރަންޖެހޭ ތަކެތި މެއިލްކުރުން.

4. އޮފީހަށް އަންނަ މެހެމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަފަރާތާއި ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.

5. ސެކްޝަނަށް ބޭނުންވާ ތަކެތީގެ ސްޓޮކް ހޯދައި ބެލެހެއްޓުން.

6. މާލިއްޔަތު ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތީން ކަނޑައެޅިފައިވާ އުޞޫލުން އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

7. މަހުންމަހަށް، އަހަރުން އަހަރަށް، ދުވަހުން ދުވަހަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތުގައި ޤަވާޢިދުން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.

8. ދުވަހު ޔައުމިއްޔާއާއި، މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަމުން ގެންދިއުން.

9. ސެކްޝަންގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ރަސްމީ ދަތުރެއްގައި ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސްތަކުގައި އެމުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ޙަވާލުކޮށްފި ހިނދެއްގައި އެމަސައްކަތްކުރުން.

10. އޮފީހުން ހަމަޖައްސާ އުސޫލެއްގެ މަތިން އޮފީސް ހުޅުވާ ބަންދުކުރުން.

11. މުވައްޒަފުންނަށް ވަޒީފާދިނުމާބެހޭ ލިޔުންތަކާއި ވަޒީފާއިން ވަކިކުރުމާއިބެހޭ ލިޔުންތައް، އިސްވެރިޔާގެ މަޝްވަރާގެމަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލްކޮށް ބެލެހެއްޓުން.

12. މުވައްޒަފުންގެ ރަޖިސްޓްރީ ޤަވާއިދުން ލިޔެ ބެލެހެއްޓުން

13. މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ސަލާމް، ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، އެޕްރައިޒަލްއާއި މުވައްޒަފުންނާއިގުޅޭ އެންމެހައި ކަންތައްތައް ޕްރިންސިޕަލްގެ މަޝްވަރާގެ މަތިން ބަލަހައްޓަމުން ގެންދިއުން.

14. ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން .

15. ސްކޫލުން ހަދާ ޤަވާއިދުތަކާއި އުޞޫލުތައް ލިޔެ ބެލެހެއްޓުން.

16. ފޯން ކޯލްތަކަށް ޖަވާބުދިނުމާއި ރަނގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތްތަކަށް ފޯން ކޯލްތައް ޕާސްކުރުން.

17. ޢާއްމުކޮށް ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.

18. މުވައްޒަފުންނާ ދަރިވަރުންގެ މަޢުލޫމާތު ( ގޫގްލް ޝީޓް ) އަޕްޑޭޓް ކުރުން.

19. ބިދޭސީ ޓީޗަރުންގެ ވޯކްވިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

20. މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، 'ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މުސާރައިގެ އިތުރަށް

ދެވޭ އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ވިލުފުށީ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތ.ވިލުފުށީ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] v  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ނޮވެމްބަރ 2018 ން 30 ނޮވެމްބަރ 2018 އާ ދެމެދު ތ.ވިލުފުށީ ސްކޫލުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 7940633 ފޯނަށް ގުޅުއްވުން އެދެމެވެ. 

ނޯޓް: މި އިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ  ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 

19 ނޮވެންބަރު 2018
ހޯދާ