އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާގުޅޭ

      މިސްކިތު އިމާމުން މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ސަލާމް ބުނުން އަދި ޢާއިލީ ޒިންމާ ޗުއްޓީއާއި، އަހަރީ ޗުއްޓީ ނެގުމުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި،  ވޭޖް އުސޫލުން މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

ބޭނުންވާ އަދަދު

އިމާމް /މުދިމް – 5

މަސައްކަތު – 5

 

މުސާރައާއި،އުޖޫރަ :

އިމާމް ކޮންމެ ނަމާދު ވަގުތަކަށް 61.00ރ (ފަސްދޮޅަސް އެއްރުފިޔާ(

މުދިމް ކޮންމެ ނަމާދު ވަގުތަކަށް  53.00ރ (ފަންސާސް ތިންރުފިޔާ(

މިސްކިތު މަސައްކަތު މުވައްޒަފުންނަށް މަސައްކަތްކުރާ ގަޑިއަކަށް 45.00ރ (ސާޅީސް ފަސްރުފިޔާ(

 

ނޯޓް: ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލްގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސެއް ނުދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ:

ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

     

މިކަމަށް  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން 27 ނޮވެންބަރު 2018 ވާ  އަންގާރަ  ދުވަހުގެ 14:00 ގެ  ކުރިން  ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

15 ނޮވެންބަރު 2018
ހޯދާ