ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އިޢުލާން

ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

 

މިސްކޫލްގެ އިޢުލާން ނަންބަރ GS-173/2018/09 (29 އޮކްޓޯބަރ 2018) އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތުގައި މައްސަލަ ހުރިކަން ފާހަގަކުރެވޭތީ އެ އިޢުލާނު ބާތިލްކޮށް، 1 ޖަނަވަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރެޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބަނޑިދޫ ސްކޫލް އޮފީސް

21 ނޮވެމްބަރ 2018

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

ބަނޑިދޫ ސްކޫލް އޮފީސް

28 ނޮވެމްބަރ 2018

ބުދަ

11:00

ސެކިއުރިޓީ ބެލެހެއްޓުމަށް އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާ އަކީ ކޮންފާރާތެއް ތަމްސީލް ކުރާ ބޭފުޅެއްކަން އަންގައިދޭ ލިޔުމަކާއި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916  ނަމްބަރ ފޯނާއެވެ.

14 ނޮވެންބަރު 2018
ހޯދާ