ފައިނު ސްކޫލް
ދިވެހިރާއްޖެ
މިސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019ގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެންކުރި އިޢުލާން ނަމްބަރު GS129/2018/07އާއި ގުޅިގެން މައުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ. މިއީ މިކަމަށްކުރެވޭ ތިންވަނަ އިޢުލާނެވެ.

ވީމާ މިސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 1:00ށް ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2018 ވާ ހޯމަދުވަހުގެ މެންދުރުފަހު 1:00ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2018
ހޯދާ