ފައިނު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019ގެ ނިޔަލަށް މިސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކޮށްފައިވާ ނަމްބަރ GS129/2018/06 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިއީ މިކަމަށްކުރެވޭ ތިންވަނަ އިޢުލާނެވެ.

ވީމާ، ގެއެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2018 ވާ ހޯމަދުވަހުގެ ހެނދުނު 10:00ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2018
ހޯދާ