މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަށް ބޭނުންވާ ތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަށް ބޭނުންވާ ތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން މިއިދާރާއިން ކުރި ނަންބަރު:IUL)309-AHI/309/2018/46) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީވެ އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

          މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2018 ވާ ހޯމަ ދުވަހު މެންދުރުކުރި 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް ، މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

 

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  1. މަސައްކަތުގެ އަގަށް:         %90 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
  2. މަސައްކަތުގެ މުއްދަތު:         %5 (ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ:         %5

-         ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، މީގެ ކުރިން ކޮންސްޓްރެކްޝަނަށް ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދީފައިވާ ފަރާތްތަކެވެ. އަދި މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.

          މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ން މެންދުރުފަހު 2:00 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮކްޓޫބަރު 2018
ހޯދާ