ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ކޯޓް އޮފިސަރއެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

ނަންބަރު: O7MC/2018/03

ތާރީޚް:  10 އޮކްޓޫބަރު 2018

 

މަޤާމު

ކޯޓު އޮފިސަރ

ރޭންކް: ޖީ.އެސް 3

 

ޢަދަދު

1

 

މަސައްކަތްކުރަންޖެހޭ ތަން

ލ.މާވަށު މެޖިސްޓްރޭޓް ކޯޓު   

 

އަސާސީ މުސާރަ

4465/- ރުފިޔާ

 

އެލަވަންސް

-          ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %25

-          ސަރވިސް އެލަވަންސް: 1,500/-

-          ލިވިންގ އެލަވަންސް: 2,550/-

-          ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

1-      މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން، ނުވަތަ

2-      މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަސްއޫލިއްޔުތު

  1. 1.     ހަމަޖެހިފައިވާ އުސޫލުން ކޯޓު ހުޅުވައި ލެއްޕުން.
  2. 2.     ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުން.  
  3. 3.     ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  4. 4.     ތާވަލުކުރެވޭ ޝަރީޢަތްތަކުގެ ކޯޓުއަމުރުތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ކޯޓްއަމުރު ބަހާމުވައްޒަފާއި އަމުރު ޙަވާލުކޮށް، އަމުރު ރައްދުކުރުން ކުރިއަށްދާގޮތް ބެލެހެއްޓުން.
  5. 5.     ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި އިންތިޒާމްތައް މެޖިސްޓްރޭޓުގެ އިރުޝާދާއެކު ކުރުމާއި، ޝަރީޢަތަށް ހާޒިރުވާމީހުން ޢަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދިނުމާއި، ޝަރީޢަތުގެ މަޖިލީހުގައި ކަންތައްތައް ދިމާވާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓުންގެ އިރުޝާދާއެކު އެޅުން.
  6. 6.     އެކިއެކި ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ކޯޓުގެ ޤަވާޢިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
  7. 7.     ޝަރީޢަތާއި ގުޅިގެން ލިޔަންޖެހޭ ބަޔާންތައް ލިޔެ، ސޮއިކުރުވައި، ޤަޟިއްޔާތަކާގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އަޅައި، ޤަޟިއްޔާތަކުގެ ފައިލްތައް ބެލެހެއްޓުމާއި، މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުމާއި، ގަޟިއްޔާތައް ނިމުމުން އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވުމާއި، ގަޟިއްޔާގެ ފައިލް ސްކޭންކޮށް ރައްކާތެރިކުރުން.
  8. 8.     ކުށުގެ ރިކޯޑުގެ ފޯމުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. 9.     ފުލުހުންގެ ފަރާތުން ކޯޓު އަމުރު ހޯދުމަށް އެދި ހުށަހެޅުމުން، މެޖިސްޓްރޭޓުންގެ ލަފާއާއި އެކު އަމުރު ނެރެދިނުމުގެ މަސައްކަތްތައް ކުރުން.
  10. 10.             މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ޙާލަތު ނިޔާކުރާގޮތުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރާ އިތުރު މަސައްކަތްތައް.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް (މި ފޯމް މެޖިސްޓްރޭޓް ކޯޓުތަކުން ލިބެން ހުންނާނެ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)  

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2018 އޮކްޓޫބަރު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ލ.މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖްރިބާ:
  • އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް) : %50
  • މަސައްކަތަށް ބޭނުންވާ ހުނަރު:

 

އެހެނިހެން ކަންތައްތައް

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީ ގޮތުން ޢުމުރުން 55 އަހަރުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ލ.މާވަށު މެޖިސްޓްރޭޓް ކޯޓުން އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ މި ކޯޓުގެ ނަންބަރު: 6800637 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެލް އެޑްރެހަކީ [email protected]   އެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއިއެކު، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިނުވާ ލިޔުން ހުށަހަޅާނަމަ، އިންޓަވިއުއަށް ހާޟިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށް ވުރެ ގިނަ ނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި އިންޓަރވިއު ޕެނަލް އިން ކަނޑައަޅާ ޢަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 އޮކްޓޫބަރު 2018
ހޯދާ