ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޓޯލްސްޓޯރަށް ސޭލްސް އެސިސްޓެންޓެއް ހޯދުން

މަޤާމް :ސޭލްއެސިސްޓެންޓް
ބޭނުންވާ އަދަދު :1

ިއިދާރާގެ ބެލުމުގެ ދަށުން ހިންގާ އާވާނިރު/ފ. އަތޮޅުސްޓޯރަށް މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސޭލްސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

)ވަގުތީ)  ވަޒީފާ ހަމަޖެހޭ ތާރިޚުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް

މަޤާމުގެ ރޭންކް:

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އާވާނިރު/ފ. އަތޮޅުސްޓޯރު

މުސާރަ:

މަހަކު 3,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ

މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައި ވުން. 

ނުވަތަ

2- މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސްއެސް 02 ރޭންކް ނުވަތަ އެއަށްވުރެ މަތި ރޭންކަކާއި އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅެ ތަޖްރިބާ ލިބިފައިވުން، ނުވަތަ މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

  1. 3- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މުރާލި މީހެއްކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އަތޮޅުސްޓޯރަށް ވިއްކުމަށް ގެންނަ މުދާ ހަމަޖައްސާފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ވިއްކުމާއިބެހޭ މަސައްކަތް ކުރުމާއި މުދާ ބެލެހެއްޓުމާއި ކްރެޑިޓަށް ދޫކުރަ މުދަލުގެ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވަ ގޮތުގެ މަތިން ކުރުން.

2- އަތޮޅުސްޓޯރަށް ވިއްކުމަށް ގެނެވޭ މުދާ ޤަވާޢިދުން ކަސްޓަމަރުންނަށް ފެންނާނެހެން ހަރުގަނޑުތަކުގައި އެތުރުމުގެ މަސައްކަތް ކުރުމާއި، ހަރުގަނޑުތަކުގައި ހުންނަ މުދާ ދުވަހުން ދުވަހަށް ތަރުތީބު ކުރަމުން ގެންދިއުން އަދި ހަރުގަނޑުތަކުން ހުސްވާ މުދާ އަލުން ހަރުގަނޑުތަކުގައި ޖެހުމުގެ މަސައްކަތް ކުރުން.

3- އަތޮޅުސްޓޯރުން ވިޔަފާރި ކުރުމަށް އަންނަ ފަރާތްތަކަށް ބޭނުންވަ އެހީތެރިކަން ފޯރުކޮށްދީ ކަސްޓަމަރުންނާއި ހިތްހެޔޮކަމާއެކު މުޢާމަލާތް ކުރުން.

4- އަތޮޅުސްޓޯރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތަކާއި ކޯޓޭޝަން ފަދަ ތަކެތި އަތޮޅުސްޓޯރުގެ ވިޔަފާރި ހިންގުމަށް އިސްކޮށް ހުންނަ ފަރާތަކުން އަންގަވާ ގޮތެއްގެ މަތިން ކުރުން.

5- އަތޮޅުސްޓޯރަށް ގެނެވޭ ހުރިހާ މުދަލެއް އަތޮޅުސްޓޯރުގައި ޤާއިމްކޮށްފައިވާ ޕޮއިންޓްއޮފް ސޭލް ސިސްޓަމަށް އެންޓަރކޮށް މުދަލުގައި އަގު ޖެހުމުގެ މަސައްކަތް އަދި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

6- ސްޓޯރުގެ މުދަލަށް (ގުދަން ގުދަނާއި ސްޓޯރުގެ އެތެރޭގައި ހުރި) ވަމުންދާ  ގޮތް ބަލައި ހަލާކުވެދިއުމަށް އެއްވެސް މުދަލެއް ދޫކޮށްނުލައި މުދާ ރަނގަޅަށް ބެލެހެއްޓުން. އަދި ހުސްވާ މުދާ ފާހަގަކުރުމާއި އިތުރަށް ގެންނަން ބޭނުންވާ މުދާ ފާހަގަކޮށް ލިސްޓްކުރަމުން ގެންދިއުން. އަދި މުދަލުގެ މުއްދަތު ހަމަވޭތޯ ދޭތެރެދޭތެރެއިން ބަލާ ޗެކުކޮށް މުއްދަތު ހަމަވާ މުދަލާއި ހަލާކުވާ މުދާ ލިސްޓްކޮށް ސްޓޯރުގައި ވިޔަފާރި ހިންގުމަށް އިސްކޮށް ހުންނަ ފަރާތަކާއި ޙަވާލުކުރުން.

7- ސްޓޯރަށް ގެންނަ ކޮންމެ މުދަލެއްވެސް ފިހާރައިގައި ބަހައްޓަންވާނީ މުދާ ވިއްކާ އަގު ޖަހާފައެވެ. އަދި މުދާ ގެންދާ މީހާ، މުދާ ރަނގަޅަށް ބެލުމަށްފަހު މުދާ ގެންދއުމަށް ބާރުއަޅަންވާނެއެވެ. ގަނެގެން ގެންދާ މުދަލެއް ބަދަލުކުރުމަށް އަނބުރާ ގެނެސްފިނަމަ، އެމުދަލަކަށް ވެފައިވާގޮތް ރަނގަޅަށް ބެލުމަށްފަހު ކަމުގެ ޒާތާއި ވަގުތާއި ޙާލަތަށް ބަލައި އެކަށީގެންވާ ގޮތެއްގައި އެމުދާ ބަދަލުކުރެވެން އޮތް ނަމަ، ސްޓޯރުގެ ވިޔަފާރި ކުރުމަށް އިސްކޮށް ހުންނަ ފަރާތުގެ މަޝްވަރާގެ މަތިން ބަދަލުކޮށްދިނުމަކީ އެންމެ ރަނގަޅު ކަމެކެވެ.

8- މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހުނު، ކުރެވޭ ކޮންމެ ކަމެއްވެސް ކުރަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު. (30%)
  2. މަސައްކަތުގެ ތަޖުރިބާ. (40%)
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. (30%)
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ވަޒީފާ އަށް އެދޭ ފޯމް (މި ފޯމް ފ. އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- ތަޢްލީމީ ސްޓެފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވަ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ، އެތަނުގެ ތައްގަނޑު ޖެހި ރަސްމީ ލިޔުމެއް

6- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުޥައްޒަފަކު މިމަޤާމަށް ހޮވިއްޖެ ނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަން އަންގައިދޭ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. (މުޥާއްޒަފު ވަޒީފާ އަދާކުރާ އޮފީހުން / އިދާރާއަކުން ކުރާ އިޢުލާނަކަށް ކުރިމަތި ލާނަމަ، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)

7- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

8- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނެ ލިޔުން. (ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2018 ޖުލައި 19 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 21 ގައި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ 45% (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ،  [email protected] އެވެ.

26  ޝައްވާލް 1439

                   10   ޖުލައި  2018

10 ޖުލައި 2018
ހޯދާ