މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރެއް ހޯދުމަށް

 

 

ވަޒީފާގެ ފުރުޞަތު

 

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބެނުންވެއްޖެއެވެ.

 

މަޤާމް

ޓީޗަރ (ރިލީފް)

ބޭނުންވާ ޢަދަދު

1(އެކެއް)

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން

ފ. މަގޫދޫ ސްކޫލް

ރަށް

ފ. މަގޫދޫ

 

ޝަރުތު

 

މަޤާމު

ރޭންކު

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

TSO1

ޓީޗިންގ ސާރވިސް

އޮފިސަރ ގްރޭޑް 1

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

-/4500

-/1500

- މަތީ ޝާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވަނަމަ

-/5500

-/1500

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 1

- ކިޔަވައިދިނުމުގެ ރޮނގުން ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ

-/6090

-/2500

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން

- ލެސަންޕްލޭން ތައްޔާރުކުރުން

- ސްކީމް ތައްޔާރުކުރުން

- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށްހިންގޭ އެންމެހާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން

މަޤާމުގެ މަސްއޫލިއްޔަތު

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން

2- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާއެއްގޮތަށް، ކުދިންނަށް އެތަކެތި އުގަންނައިދީ އެކުދިންނަށް ޙާޞިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ޙާޞިލްކޮށްދެއްވުމަށް މަސައްކަތްކުރުން

3- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ސްކީމްއޮފްވޯކް ފުރިހަމަކޮށް ނިންމެވުން

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައާއި ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން

6- ސްކޫލުންބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަންމީޓިން، ބެލެނިވެރިންގެ ބައްދަލުވުން އަދި މިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެ ލެއްވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން

7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވައި މާރކުކުރެއްވުން

8- މުވައްޒަފުގެ އަމިއްލަކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން

9- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރެއްވުން

10- ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން

12- ކުލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލްތެރޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚްލާގަށް ސަމާލުކަން ދެއްވުމާއި ކުދިން އެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތްކުރެއްވުން.

13- ލީޑިންގ ޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިހާންތައް ތައްޔާރުކުރެއްވުމާއި އިމްތިހާންތައް ހިންގެވުމާއި އިމްތިހާން ކަރުދާސްތައް މާކް ކުރެއްވުމާއި އަދި އިމްތިހާންތަކާއި ގުޅޭ އެންމެހާ ރިކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓެވުން.

14- ކިޔައވައިދެއްވާ ސެސަނުގެ ކުލާސްތަކުގައި ދަރިވަރުންގެ އުގެނުމާއި އަޚްލާގާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓްގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލްކަން ހުރި އެންމެ މަތީދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލެއްވުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުއްވުން.

18- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި ، ދިވެހި ސިވިލްސާވިސްގެ ގަވައިދުތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްގެ އެންމެހާ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެއްވުން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚް:

އިންޓަވިއު އޮންނާނީ 11 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގައި ފ. މަގޫދޫ ސްކޫލްގައެވެ.

އެހެނިހެން އިނާޔަތްތައް

- ވަޒީފާޔާ ބެހޭ ގާނޫނާއި ސިވިލްސާވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން ހަމަޖެހިފައިވާ އުޞޫލުން ޓާރމް ޗުއްޓީ، އާއިލީ ޒިންމާގެ ޗުއްޓީ، ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

އިންޓަވިއު ކުރުމަށްފަހު، މަޤާމަށް ހޮވޭނީ މެރިޓް އުޞޫލުން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެކެވެ.

ސުންގަޑި

ޝަރުތު ހަމަވާ ފަރާތްތަކުން 10 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ހުށައަޅަންޖެހޭ ތަކެތި

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް( އެޕްލިކޭޝަން ފޯމް މަގޫދޫ ސްކޫލުންނާއި ސިވިލްސާވިސްގެ ވެބްސައިޓްwww.csc.gov.mv   އިން ލިބެންހުންނާނެއެވެ.)

- މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ.

- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރިޑިއޭޓްކުރެވި ، ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

- ވަނަވަރު ( ސީވީ) ގުޅޭނެ ނަމްބަރާއެކު

- ސިވިލްސާވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމަށް ، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން.

- ސިވިލްސާވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ ނަތީޖާ އާއި ، ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާގް ހުރިގޮތް ބަޔާންކުރާ ލިއުން. މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުންކުރާ އިޢްލާނަށް ކުރިމަތިލާނަމަ، މިލިއުން ހުށައަޅާކަށް ނުޖެހޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް

ފޯނު ނަމްބަރު: 7952912

ފެކްސް ނަމްބަރު: 6740591

މެއިލް އެޑްރެސް: [email protected]

           

 

 

 

02 ޖުލައި 2018

02 ޖުލައި 2018
ހޯދާ