މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން 3

މިއިދާރާގެ ބައެއްދޮރުތަކާއި، ކައުންޓަރަކާއި، ޢިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2018/30 ( 18 ޖޫން 2018 ) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 3 ވަނަ އިޢުލާނެވެ.
 
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 04 ޖުލައި 2018 ވާ ބުދަ ދުވަހުގެ  މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 09 ޖުލައި 2018 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
28 ޖޫން 2018
ހޯދާ