ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިިއިދާރާއަށް ގަންނަން ބޭނުންވާ ތަކެތި

 

އިޢުލާން

 

    

           ނަންބަރ: (IUL)468-U01/468/2018/23

ވެހިކަލް ގަންނަން ބޭނުންވެއްޖެ.

     މިއިދާރާ އަށް ވެހިކަލް ގަތުމަށް ކުރި ނަންބަރ (IUL)468-U01/468/2018/19އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢްލާން ބާޠިލްކޮށް މިއިދާރާ އަށް ވެހިކަލް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ އަލުން އިޢްލާން ކުރަމެވެ.

ގަންނަން ބޭނުންވާ ވެހިކަލްތައް ތިރީގައި އެވަނީ އެވެ.

1 ކާރު

1 ޕިކަޕު

1 ވޭން ( މިނި ވޭން )

     ވީމާ މިވެހިކަލްތައް  ވިއްކަވަން ބޭނުންވާ ފަރާތްތަކުން 02 ޖުލައި 2018  ( ހޯމަ ދުވަހުގެ)  13:00 އަށް  މިއިދާރާ އަށް ވަޑައިގެން  މަޢުލޫމާތު ސާފު  ކުރެއްވުމަށް ފަހު 10 ޖުލައި 2018( އަންގާރަ ދުވަހުގެ)  13:00ގައި  މިއިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފު ކުރެއްވުމަށް  ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގާ ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

     އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                13 ޝައްޥާލް   1439  

                27 ޖޫން    2018

 

27 ޖޫން 2018
ހޯދާ