މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ޕްރިންޓް ކުރަން ބޭނުންވެއެވެ.

އިޢުލާން

 

މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.

އަދަދު:              250 ކޮޕީ

ސައިޒް:             210mm x 260mm

ސަފުހާގެ އަދަދު:        185 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)

ކަރުދާސް:            ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް

                  އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް

ޕްރިންޓް:             ހުރިހާ ގަނޑެއް ކުލަކޮށް

ފިނިޝިންގ:          ޕަރފެކްޓްލީ ބައުންޑް

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
އަންދާސީހިސާބު ހުށަހެޅުން 28 ޖޫން 2018 ބުރާސްފަތި 15:30


މާރކްސް ދޭނެގޮތް:

  • އަގަށް:           %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ޑެލިވަރީ މުއްދަތު:    %20 (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
  • ތަޖުރިބާ:          %15 (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

-          އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

-          އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

-          ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)

-          މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖްރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)

-          ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

-          އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

-          ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު

-          އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

10 ޝައްވާލް 1439

24 ޖޫން 2018
ހޯދާ