ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ކުނިކޮށި އަޕްގްރޭޑް ކުރާ ސަރަޙައްދުން ނަގާފައިވާ ފުނަ ގަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

ނަންބަރު: IUL)244-ESMSMS/244/2018/28

އިޢުލާން

 ހއ.ތުރާކުނު ކުނިކޮށި އަޕްގްރޭޑް ކުރާ ސަރަޙައްދުން ނަގާފައިވާ ފުނަ ގަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

        ހއ.ތުރާކުނު ކުނިކޮށި އަޕްގްރޭޑް ކުރާ ސަރަޙައްދުން ނަގާފައިވާ ފުނަ ގަސްތަކެއް ސިޓީލައި ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ 31 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިގަސްތަކަށް އަގުހުށަހެޅޭނީ ހުރިހާ ގަސްތަކެއް އެއްކޮށެވެ.

ތަފްސީލް

ނީލަން ފެށޭ އަގު

ފަހަރަކު އިތުރުކުރެވޭ އަގު

ފުނަގަސް

1900.00 (އެއްހާސް ނުވަސަތޭކަ ރުފިޔާ)

100.00 (ސަތޭކަ ރުފިޔާ)

       ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 ޖޫން 2018 ވާ ބުދަ ދުވަހު މިކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ.

      ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ފެށިގެން މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 01 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

      އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތް 10 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500104 ފޯނަށް ގުޅުއްވުން އެދެމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

19 ޖޫން 2018
ހޯދާ