ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދުތޮށިތައް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުން

އިޢުލާނު

 

        ނިލަންދޫގައި ކުނިނައްތާލުމަށް ކުރިން ބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއްޖެއެވެ. މިތަކެތި ވިއްކަވާ ފަރާތުން ރަށާއި ހަމައަށް ތަކެތި ގެނެސްދީ މިއިދާރާއިން ދައްކާތަނަކަށް ގުދަންކޮށްދޭން ވާނެއެވެ.

1

2000

ބަސްތާ ސިމެންތި 50 ކިލޯގެ SP/2  ގެ

2

6000

ބަސްތާ ހިލަ   50 ކިލޯގެ

3

4000

ބަސްތާ ހިލަވެލި (ރާޅު)  50 ކިލޯގެ

4

495

ކޮންކުރީޓް ދަގަޑު 10 އެމް.އެމް.ގެ

 

        ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކުގައި މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.  ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށެވެ.

#

ތާރީޚު

ދުވަސް

ގަޑި

މައުލޫމާތު ސާފުކޮށްދިނުން

2018 މެއި 24

ބުރާސްފަތި ދުވަސް

11:00

އަންދާސީ ހިސާބު ހުށަހެޅުން

2018 މެއި 29

އަންގާރަ ދުވަސް

11:00

             

         އަގު ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޫކުރާ އަގުހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކުނިކޮށީގެ މޫދުގެ ތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވިއްކެވުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު ހުށަހަޅަންވާނެއެވެ.   

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

5 ރަމަޝާން   1439

20   މެއި    2018

 

20 މޭ 2018
ހޯދާ