ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
125 ކޭސް ތެޔޮމަސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއަށް 125 ކޭސް (ތެޔޮމަސް) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަން ކޮށް ދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 29 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 13:30ށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:30ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

      މިބިޑްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރަޖިސްޓްރީ/ކުންފުނި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ކުންފުނި/ވިޔަފާރީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި 6800724 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 އޭޕްރިލް 2018
ހޯދާ