ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމާއި ބެހޭ

ހއ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ރަމްޒްކޮށްދޭ މޮނިއުމަންޓެއް ހެދުމާއި ބެހޭ:

         ހއ އަތޮޅު ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 11:00 ށް ހއ އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފްކުރެއްވުމަށްފަހު ،01 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 ށް ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށްޓަކައި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، އަދި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މާރިޗު 2018
ހޯދާ