އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ ރިޓެންޝަން މުއްދަތުގައި އިމާރާތުން ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުން

އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތްނިމި 1 އަހަރުގެތެރޭގައި (ރިޓެންޝަން މުއްދަތުގައި) ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅުކޮށްދޭނެފަރާތެއް ހޯދުމަށް ކުރި މި ކޯޓުގެ ނަންބަރު: I4C-A/2017/4 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

03 ރަޖަބު  1439

20 މާރިޗު 2018
ހޯދާ