ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮޑިޓަރ (ކޮންޓްރެކްޓް)

މަގާމު: އޮޑިޓަރ (ކޮންޓްރެކްޓް)

 

v     ބޭނުންވާ ޢަދަދު: 6

v     އުޖޫރަ (މަހަކަށް):

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލެވަންސް: -/2000 ރުފިޔާ

ލިވިންގ އެލަވަންސް: -/ 3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: 2203/25 (އަސާސީ މުސާރައިގެ %35)

v     މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި

v     މުއްދަތު: 3 މަސްދުވަސް (ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުން މުއްދަތު އިތުރުކުރެވިދާނެއެވެ.)

ފެންވަރު ނުވަތަ ޝަރުތު:

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މަސައްކަތާއި ބެހޭ މަޢުލޫމާތު:

ހިއުމަން ރިސޯސް އޮޑިޓް

  • ހިއުމަން ރިސޯސް އޮޑިޓް ކުރުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ސްޓްރެޓިޖީތަކާއި، އުޞޫލުތަކާއި، އެސް.އޯ.ޕީތަކާ ޓޫލްތަކާ އެއްގޮތަށް ސިވިލް ސަރވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކުރުން.

 

 

 

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - %30
  2. މަސައްކަތުގެ ތަޖުރިބާ - %20
  3. އިންޓަރވިއު - %50

-މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި މިންވަރު

-ހިއުމަން ރިސޯސް އޮޑިޓް ކުރުމާބެހޭ މައުލޫމާތު އެނގޭ މިންވަރު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާކަމުގެ ސިޓީ.
  2. މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  3. މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 

2018 މާރިޗު 26 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2018 މާރިޗު 27 އާއި 2018 މާރިޗު 31 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

18 މާރިޗު 2018
ހޯދާ