ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަން އޮޑިޓް ފާމެއް ހޯދުން

ނަންބަރު:IUL)237-C/237/2018/06)

 

 

 

އިޢުލާން

މިއިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ އާވާނިރު/ފ. އަތޮޅުސްޓޯރު 2016މާރިޗު 23 ން  2018މާރިޗް 31 ގެ ނިޔަލަށް އޮޑިޓް ފާމެއް މެދުވެރިކޮށް މިނިވަން އޮޑިޓެއް ކުރަން ބޭނުންވެގެން 2018 ޖަނަވަރީ 29 ގައި ކޮށްފައިވާ މިއިދާރާގެ ނަމްބަރު: IUL)237-C/237/2018/04) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018ފެބުރުވަރީ14 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018ފެބުރުވަރީ18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އާވާނިރު/ފ. އަތޮޅުސްޓޯރު އޮޑިޓްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

 

 

04 ފެބުރުވަރީ 2018
ހޯދާ