އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013 އާ ގުޅިގެން ޝަކުވާ ހުށަހެޅުމާބެހޭ

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013" އާ ގުޅިގެން ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" ޕޯޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިލާގައި ވަނީ ޤާއިމު ކުރެވިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، ޕީ.އޭ ކޮމްޕްލެކްސްގެ ދެވަނަ ފަންގިލާގައި ހުންނަ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ ކައުންޓަރުންނާއި، ފަސްވަނަ ފަންގިފިލާގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނެވެ.

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004489 އަދި 3004492 އެވެ. މިބިއުރޯގެ ފެކްސް ނަންބަރުތަކަކީ 3004495 އަދި 3004496 އެވެ. މިބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވީމާ، ފެކްސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައް ވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަދި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ 19 ނޮވެންބަރު 2013 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 16:00 އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1435

20 ނޮވެންބަރު 2013
ހޯދާ