ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު / ހއ.ތަކަންދޫ ޞިއްޙީމަރުކަޒު

މި ޞިއްޙީމަރުކަޒަށް މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަގާމު

މަސައްކަތު

މަޤާމްގެ ނަންބަރ

J-253233

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގްރޭޑް 1

ސެކްޝަން

ހއ. ތަކަންދޫ ޞިއްޙީ މަރުކަޒު

މަޤާމް އޮތް އޮފީސް

ހއ. ތަކަންދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. ތަކަންދޫ ޞިއްޙީ މަރުކަޒު

މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒުގެ ސަރަހައްދު ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން
  2. މަރުކަޒުގެ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން
  3. މަރުކަޒުގެ ބޭނުންތަކުގައި އެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް އަދި ޕާރްސަލް ފަދަތަކެތި އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސްދިނުން
  4. މަރުކަޒާއި މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދާ، ގަސްތަކަށްފެންދީ، ގަސްކޮށާ ބެލެހެއްޓުމާއި ގަސްހައްދާފައިވާ ގަސްމުށިތައް ބެލެހެއްޓުން
  5. މަރުކަޒާއި އޮފީހުގެ ފަންކާތަކާއި ފެންލައިޓްތައް އަދި ކުޑަދޮރުތައް ފޮޅާ ސާފު ކުރުން
  6. މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި ( ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރުޖެހިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން
  7. މަރުކަޒުގައި އުފެދޭކުނި ރައްކާތެރިކަމާއި އެކު ނައްތާލުން ( އިންސިނަރޭޓްކުރުން ) އަދި އަންދާނުލެވޭ ކުނި އެފަދަ ތަކެތި އުކާލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
  8. ޞީއްޙީމަރުކަޒުގެ ސްޓެރެޓެޖިކްޕްލޭންގައިވާ ކަންކަން ހާސިލްކުރުމަށް އެމުވައްޒަފެއްގެ ދާއިރާއިން އިޙްލާސްތެރިކަމާއި ހިތްވަރާއިއެކު މަސައްކަތް ކުރުން.
  9. ސިވިލް ސާރވިސްގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޞިއްޙީމަރުކަޒު ހިންގަވަން ހުންނަ ވެރިއަކު އަންގަވާ މަސައްކަތްތައް ކުރުން.
  10. މަރުކަޒުގައި ބޯންބޭނުންކުރާ ފެންރައްކާކުރާ ތާންގީތައް ވިއްސާރަ މޫސުމުގައި ދޮވުމާއި އަލުން ފެންނެގޭގޮތް ހަދައި މަރުކަޒުގެ ވަޅު ހަޑިވިޔަކަނުދީ ސާފުކުރުން.
  11. ވާޒީފާގެ މާހަޢުލާއި ގުޅޭ ގޮތުން ޞިއްޙީމަރުކަޒުން ރާވާހިންގާ ޕްރޮގްރާމް ތަކުގައި ހަރަކާތްތަކުގައި އިސްވެރިން އަންގާ މަސައްކަތް ކުރުމާއި ވީވަރަކުން މަސައްކަތުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޖިސްމާނީ ޤާބިލުކަންހުރި މިންވަރާއި ނަފްސާނީ ޤާބިލުކަން ހުރިމިންވަރު.

5. ޤާނޫނާއި ޤަވާއިދުތަކަށް އަދި ކޯޑް އޮފް ކޮންޑަކްޓަށް އަހުލުވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ. ތަކަންދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2018 ޖަނަވަރީ މަހުގެ ތެރޭގައި ހއ. ތަކަންދޫ  ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

25%(ފަންސަވީސް އިންސައްތަ )

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6500567 އެވެ.

17 ޑިސެންބަރު 2017
ހޯދާ