ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ.ކަލައިދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވައިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުސޫލުތައް

މިއީ ޤާނޫނު ނަންބަރު: 7/2010 މިޤާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ނަންބަރު:2017/R-2023ލ.ކަލައިދޫ ބަނދަރު ބެލެހެއްޓުމާއިބެހޭ އުޞޫލުވެ.

1- ( ގަވައިދުގެ 2 ވަނަ ނަންބަރުގެ ށ.އާގުޅޭ ) 

ލ.ކަލައިދޫ ބަނދަރު ސަރަހައްދަކީ ބަނދަރުގެ ނެރުމަތިން ރަށުގެ ނެރު ތެދެޔާއި، ނެރުގެ ދެފަރާތުތޮށިގަޑާއި، ތޮށިގަނޑުން ބޭރަށް 350 ފޫޓް ސަރަހައްދާއި، ބަނދަރުގެ ބޭރު ބޮޑު ހިލަތޮއްޓާއި، ދެކޮޅު ހިލަތޮއްޓާއި، އެތޮށިން ބޭރަށް 350 ފޫޓް ސަރަހައްދެވެ. އަދި ބަނދަރުގެ އެތެރޭގެ ސަރަހައްދާއި، ބަނދަރުގެ އެއްގަމު ތޮއްޓާއި، ދެކޮޅު ހުރަސް ތޮއްޓާއި، އެތޮށިން ފެށިގެން ބަނދަރުގެވަށާ ހެދިފައިވާ މަގުތަކާއި އެކު އެއީ ލ.ކަލައިދޫ ބަނދަރު ސަރަހައްދެވެ.

2- ( ގަވައިދުގެ 3 ވަނަ މާއްދާގެ ށ.އާގުޅޭ )

ބަނދަރު ބެލެހެއްޓުމާއި ގަވައިދު ހިންގުމަށް، އަދި ބަނދަރުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް އަދި ފީތައް ނެގުމަށް އެހެން ފަރާތަކާއި ޙަވާލުކުރާ ނަމަ ބަނދަރު ސަރަހައްދުގެ އެހެން ޚިދުމަތްތަކާއި، ނޫންނަމަ ވިޔަފާރި އާއި، ގުޅުވައިގެން ޙަވާލުކުރެވިދާނެއެވެ. މިގޮތުން ޙަވާލުކުރާނަމަ ޙަވާލުކުރަންވާނީ ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކުރާ ގޮތެއްގެ މަތިންނެވެ.

3- ( ގަވައިދުގެ 4 ވަނަ މާއްދާގެ ނ.އާގުޅޭ )

ބަނދަރުގެ އެއްގަމު ތޮށީގެ ދިގުމިނަކީ 350 ފޫޓެވެ.

މަސްވެރި އުޅަނދު ފަހަރާއި، މުދާއަރުވާ ބާލާ އުޅަނދުފަހަރާއި، އެހެނިހެން އުޅަނދުފަހަރު ބަނދަރުގައި އަޅާފައި ބާއްވާ ސަރަހައްދުތަކަކީ:

   ހ- ބަނދަރުގެ ދެކުނު ކޮޅުހުރަސް ތޮއްޓާއި، ބަނދަރުގެ އެއްގަމު ތޮށީގެ ދެކުނު އިރުމަތީކޮޅު ކަނުން ފެށިގެން 155 ފޫޓް މިސަރަހައްދުގައެވެ. ކުދި ބައްތެލި ފަހަރާއި، ލޯންޗުފަހަރާއި، ބޮއްކުރާ، ޑިންގީފަދަ ކުދި އުޅަނދު ފަހަރުއަޅާ ސަރަހައްދަކީ ހުޅަގުނދެކުނުފަރާތުވެ. ކުދި އުޅަނދުތައް ކަމަށް ބަލާނީ 40 ފޫޓަށްވުރެ ކުދި އުޅަނދުތަކެވެ. މި ސަރަޙައްދުގައި އުޅަނދުފަހަރު އަޅާނީ ކައުންސިލުން ހަމަޖައްސާ އިންތިޒާމެއްގެ މަތިންނެވެ.

   ނ- މަސްދޯނި ފަހަރު އަޅާ ސަރަހައްދުން ފެށިގެން ހުޅަނގަށް 250 ފޫޓް މިސަރަހައްދަކީ މާލެދަތުރުކުރާ އުޅަނދުފަހަރާއި، ބަރުމުދާ އުފުލާ އުޅަނދުފަހަރާއި، ވަގުތީގޮތުން ބަނދަރަށް ވަންނަ އެހެނިހެން އުޅަނދުފަހަރު އެޅުމަށާއި، މުދާ އަރުވާ ބޭލުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދެވެ.

   ރ- ބަނދަރުގެ ހުޅަނގުކޮޅު އެއްގަމު ތޮށީގެ ކަނުން ފެށިގެން އިރުމައްޗަށް އެއްގަމު ތޮށިން 60 ފޫޓް މިސަރަހައްދަކީ ފެރީ ކައިރިކުރުމަށާއި، ޚާއްސަ ކަންކަމާއި ގުޅިގެން ބަނދަރަށް ވަންނަ އުޅަނދުފަހަރު ކައިރިކުރުމަށާއި، އިމަޖެންސީ ކަންކަމަށް ޚާއްޞަކޮށްފައިވާ ސަރަހައްދެވެ. މިސަރަހައްދަށް ވަންނަ އުޅަނދުފަހަރަށް ދަތިވާގޮތަށް މިސަރަހައްދުގައި އާންމުކޮށް އަޅާފައި ނުބޭއްވޭނެއެވެ.

   ބ- ބަނދަރުގެ ހުޅަނގުކޮޅު ހުރަސްތޮށި މިސަރަހައްދަކީ މަސްކިރު މަށާއި، ތެޔޮއެޅުމާއި، ފެންލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދެވެ. މިސަރަހައްދުގައި އާންމުކޮށް އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެކެވެ. ތެޔޮއެޅުމަށާއި، މަސްކިރުމާއި، ފެންލުމަށް ކައިރިކުރާ އުޅަނދުފަހަރުވެސް އެބޭނުމެއް ނިމުމުން މިސަރަހައްދުން ނަގަންވާނެއެވެ.

 4-( ގަވައިދުގެ 5 ވަނަ މާއްދާގެ ހ.އާގުޅޭ )

   ހ- ޢާންމު އުސޫލެއްގެ ގޮތުން މުދާ ބޭލުމާއި، މުދާ ބަރުކުރެވޭނީ މާލެދަތުރުކުރާ އުޅަނދުފަހަރާއި، މުދާ އުފުލާ އުޅަނދު ފަހަރަށް ޚާއްޞަކޮށްފައިވާ ސަރަހައްދަށެވެ. އެނޫން ސަރަހައްދަކުން މުދާބާލާ ބަރުކުރަން ވެއްޖެނަމަ ކައުންސިލުން ހުއްދައެއް ލިޔުމަކުން ހޯދަންވާނެއެވެ.

   ށ- ރަށުގެ އާންމު ރައްޔިތުން އަމިއްލަ ބޭނުން ތަކަށް ގެންނަ ވެލި،ގައު،ދަރު،އެޅިގައު ފަދަ ތަކެތި އުޅަނދުފަހަރު އަޅާ ސަރަހައްދުގަ އާއި ކުދި އުޅަނދުފަހަރު އަޅާ ސަރަހައްދުގައި ( އެއުޅަނދު ފަހަރުން އަރާފޭބުމަށް ދަތިނުވާ ގޮތަށް ) ބަނދަރަށް ބާލާ ބެހެއްޓި ދާނެއެވެ. މިގޮތުން ބަހައްޓާ ތަކެތި 24 ގަޑިއިރު ހަމަވުމުގެ ކުރިން ނަގަންވާނެއެވެ.  

   ނ- މުދާ ބޭލުމާއި، މުދާބަރުކުރުމަށް މުދާ ބަހައްޓަންވާނީ މަގަށް ނާރާގޮތަށް ބަނދަރުގެ އެއްގަމު ބިމުން ފެށިގެން 15 ފޫޓް ސަރަހައްދުގައެވެ. އަދި ސިމެންތި،ހިލަ،ހިލަވެލި،ގެރިގުއި،ގަސްކާނާ އަދި އެނޫންވެސް ޕޭމަންޓް ހަޑިވާޒާތުގެ މުދާ ޕޭމަންޓްމަތީގައި ބަހައްޓާ ގެންނުވާނެވެ.

   ރ- ބަނދަރުމަތީގައި ބަހައްޓާ މުދާ 24 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓައިގެން ނުވާނެއެވެ. 24 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެމުދަލެއް ބެހެއްޓުމަށް ކައުންސިލުން ލިޔުމަކުން ހުއްދަ ހޯދަންވާނެއެވެ.

   ބ- މުދާ ބަރުކުރުމާއި، ބޭލުމަށް އަންނަ ލޮރީ،ޕިކަޕް،ގާޑިޔާ އަދި އެނޫންވެސް ހެވީ ވެހިކަލް ފަދަ ތަކެތި ބަނދަރު ބީމުން ފެށިގެން ހޮޅިދަނޑި ތަކާއި ދެމެދު ޕޭމަންޓް މައްޗަށް ( 15 ފޫޓުގެ ސަރަހައްދަށް ) އަރުވައިގެން ނުވާނެއެވެ.

   ޅ- ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ އެރުވުމަށް ބަނދަރުގެ ދިގަށް އުޅަނދުފަހަރު ބޭއްވޭނީ ގިނަވެގެން 12 ގަޑިއިރުއެވެ. 12 ގަޑިއިރު ހަމަނުވިނަމަވެސް މުދާއަރުވާ ނުވަތަ ބާލާ ނިމޭތާ 1 ގަޑިއިރުތެރޭ އެއުޅަނދެއް ހުރަސްކުރަންވާނެއެވެ. 12 ގަޑިއިރަށްވުރެ ގިނަވަގުތު ވާނަމަ އެކަމަށް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ.

   ކ. ބޮޑެތި މަޝްރޫޢުތައް ހިންގުމަށާއި، އަމިއްލަ ވިޔަފާރި ތަކަށް ގެންނަ ގިނައަދަދުގެ ހިލަޔާއި ހިލަވެލި ސިމެންތި ލަކުޑިފަދަ މުދާ ބަހައްޓަންވާނީ ކައުންސިލުން ހުއްދަދޭ ވަކިތަނެއްގައެވެ.

ވ މިއުސޫލްއާއި ހިލާފްވާ ފަރާތްތަ ކާއި މެދު ފުރަތަމަ ފަހަރު 100 ރުފިޔާ އިންޖޫރިމަނާކުރެވޭނެއެވެ.އިތުރައް ތަކުރާރުވާނަމަ500ރުފިއާއިން ޖޫރިމަނާކުރުމައްފަހު އެފަރާތަކާއިމެދު ފިއަވަޅު އެޅުމައް ކަމާބެހޭމުއައްސަސާތަކައް ހުށަހެޅޭނެއެވެ.

  5-( ގަވައިދުގެ 6 ވަނަ މާއްދާގެ ހ.އާގުޅޭ )

   ހ. ބަނދަރުގައި އަޅާ އުޅަނދުފަހަރު އެއްގަމުގައި ވާއައްސަންވާނީ ބަނދަރުގެ ދެކޮޅާއި، އެއްގަމު ބީމުގައި ވާއެއްސުމަށް ޚާއްޞަކޮށްފައިވާ ތަންތަނުގައެވެ. އެނޫން ތަނެއްގައި ވާއައްސައިގެން ނުވާނެއެވެ.

   ށ. ބަނދަރު ސަރަހައްދުގައި ވާއެއްސުމަށް އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ޖަހައިގެން ނުވާނެއެވެ.

   ނ. އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި އަޅައިގެން ނުވާނެއެވެ.

 ( ގަވައިދުގެ 6 ވަނަ މާއްދާގެ ހ.އާގުޅޭ )

   ހ. ބަނދަރުގެ ފަޅުތެރެއަށް ލޮތާރިލާއިރު ވަދެނިކުމެވާ އުޅަނދުފަހަރަށް ދަތިވާގޮތަށް ނެރުމައްޗަށް ލޮތާރި ލުމަކީ މަނާކަމެކެވެ.

   ށ. ބަނދަރު ތެރެއަށް ލޮތާރިލާއިރު ބަނދަރުގެ ބޭރުތޮއްޓާއި ދެކޮޅުގެ ހުރަސްތޮށީގެ ރިވެޓްމައްޗަށް ( ހިލަތޮށީގެ މައްޗަށް ) ލޮތާރި ލައިގެން ނުވާނެއެވެ. އަދި ހިލަތަކުގައި ވާއެއްސުމާއި، ކަޑަޖަހާފައި ކަޑަޔަށް ވާއެއްސުމަކީ މަނާކަމެކެވެ.

   ނ. ބަނރަދު ތެރޭގައި ވަކިއުޅަދަކަށް ޚާއްޞަކޮށް ފައްތިވާ އެޅުމަކީ މަނާކަމެކެވެ. އެގޮތަށް ފައްތިވާ އަޅާފައި ބެހެއްޓުމަކީ އެހެން އުޅަނދު ފަހަރަށް ދަތިވާނެ ކަމެކެވެ.

 6-( ގަވައިދުގެ 7 ވަނަ މާއްދާގެ ހ.އާގުޅޭ )

   ށ. ރަސްމީ ޖެޓީއަށް މުދަލާއި ފަސިންޖަރުން އަރުވާބާލާ ފަރާތްތަކުން ކައުންސިލުން ހުއްދަ ނަގަންވާނެއެވެ. އެހުއްދަ އުޅަނދުގައި ފެންނަހެން ހުންނަންވާނެއެވެ.

 7-( ގަވައިދުގެ 8ވަނަ މާއްދާ އާގުޅޭ )

ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ފަތުރުވެރިންނާ އެކު ބަނދަރުތެރޭގައި ބާއްވާނަމަ ބާއްވަންވާނީ އެއްގަމު ތޮއްޓާއި، ހުރަސް ތޮއްތާއި 15 ފޫޓް ދުރުގައެވެ.

8-( ގަވައިދުގެ 9 ވަނަ މާއްދާގެ ހ. އާގުޅޭ )

   ހ- ބަނދަރު ސަރަހައްދަށް މަސްކިރާ ފަރާތްތަކުން ( އުޅަނދުފަހަރު ) ޢާންމު އުސޫލެއްގެ ގޮތުން މަސްކިރަންވާނީ ބަނދަރުގައި މަސްކިރުވަން ޚާއްޞަކޮށްފައިވާ ސަރަހައްދަށެވެ. މަސްކިރުވަން ޚާއްޞަކޮށްފައިވަނީ ބަނދަރުގެ އުތުކޮޅު  ތޮއްޓާ ދިމާއިންނެވެ.

9-( ގަވައިދުގެ10 ވަނަ މާއްދާ އާގުޅޭ )

   ހ. ބަނދަރުތެރޭގައި ބާއްވައިގެން އުޅަނދުފަހަރު މަރާމާތު ކުރައްވާނީ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ބަހާލެވިފައިވާ އުސޫލުން އެއުޅަނދެއް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައެވެ. މިގޮތުން ކަނޑައެޅިފައިވާ ސަރަހައްދުގައި ޖާގަނެތްނަމަ އެވަގުތަކު ކައުންސިލުން ހުއްދަދޭ ތަނެއްގައެވެ. މަރާމާތު ކުރުމަށް ބަނދަރު ތޮށީގައި އެއްވެސް އުޅަނދެއް ދިގަކަށް ނުބޭއްވޭނެއެވެ

    ށ. ބަނދަރުތެރޭގައި އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށް ބޭއްވޭނީ 5 ދުވަހުގެ މުއްތަދަށެވެ. 5 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ފީނެގޭނެއެވެ.

   ނ. މިމާއްދާގެ ށ ގައިބުނެފައިވާ ފީނަގާނީ މިއުސޫލުންނެވެ.

- ދިގުމިން 50 ހަމަނުވާ އުޅަނދުފަހަރުން 24 ގަޑިއިރަށް -/50 ރުފިޔާ

- ދިގުމިން 50 ފޫޓާއި، 100 ފޫޓާ ދެމެދު އުޅަނދުފަހަރުން 24 ގަޑިއިރަށް -/75

- ދިގުމިން 100 ފޫޓުން މަތީ އުޅަނދުފަހަރުން 24 ގަޑިއިރަށް -/100 ރުފިޔާ އަދި 5 ދުވަހަށްވުރެ އިތުރުވާނަމަ 24 ގަޑިއިރު ހަމަނުވިޔަސް އެވަގުތަކަށް ފީނަގާނީ 24 ގަޑިއިރަށް ނަގާ އަދަދެވެ.

 

10--( ގަވައިދުގެ 11 ވަނަ މާއްދާ އާގުޅޭ )

 ބަނދަރު ސާފުކުރުން:

ހ. މުދާއަރުވާ ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނިފަދަތަކެތި އެމަސައްކަތް ނިމުމާއިއެކު އެމަސައްކަތް ކުރި ނުވަތަ އެމަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

ށ. މިނަންބަރު (ހ) އާއި ޙިލާފުވާ ފަރާތްތައް ނުވަތަ ފަރާތައް ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 250/-  (ދުވިސައްތަ ފަންސާސް) ރުފިޔާއާއި 3000/-  (ތިންހާސް) ރުފިޔާއާއިމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކަލައިދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

 

11- ވަނަ މާއްދާ

ބަނދަރަށް ލިބޭގެއްލުން

ހ. އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާބާލާ އެރުވުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ތޮށިގަނޑަަށް ގެއްލުމެއް ލިބިއްޖެނަމަ، އެވީ ގެއްލުމެއް ބަަލައި އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ އެއުޅަނދަކާއި ހަވާލުވެފައިވާ ފަރާތަކާއި ކަލައިދޫ ކައުންސިލާއި އެއްބަސްވާ ގޮތުގެ މަތިން އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނޑާއި ޙާވާލުވެފައިވާ ފަރާތުން ޙަރަދުކޮށް ތޮށިގަނޑު މަރާމާތު ކުރަންވާނެއެވެ.

ށ. މިނަންބަރު ( ހ) ގައިވާފަދަ މައްސަލައެއް ދިމާވެ، އުޅަނދުގެ ވެރިފަރާތް ނުވަތަ އެއުޅަނދާއި ހަވާލުވެގެން ހުރި ފަރާތާއި ދެމެދު ވަކިގޮތަކަށް އެއްބަސްނުވެވޭ މައްސަލަތައް ހައްލުކުރާނީ ކަމާއި ބެހޭ މުޢަސަސާތަކަށް ހުށަހަށާއިގެނެއެވެ.

 

             މިއުސޫލުތައް ލ.ކަލައިދޫ ކައުންސިލުން ފާސްކޮށް ޢާންމުކުރާ ދުވަހުން ފެށިގެން މިއުޞޫލުތަކަށް ޢަމަލަކުރެވޭނެއެވެ. އަދި މިއުޞޫލުތަކަކީ މިއުސޫލުތައް ހެދުމަށް ޙަވާލާދެވިފައިވާ ގަވައިދާއި ޚިލާފް ނުވާގޮތަށް ކައުންސިލުން ބޭނުން ވެއްޖެނަމަ ބަދަލުކުރެވޭނެ އުސޫލުތަކެކެވެ. މިއުސޫލަށް ބަދަލެއް ގެނެވޭނީ ކައުންސިލްގެ ޖަލްސާއަކުން އެބަދަލެއް ގެނައުމަށް ފާސްކުރުމުންނެވެ. އަދި އެގެންނަ ބަދަލަކަށް ޢަމަލުކުރެވޭނީ އެބަދަލެއް ޢާންމުކުރުމަށް ފަހުގައެވެ.

06 ޑިސެންބަރު 2017
ހޯދާ