މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން 2018 ވަނައަހަރު  މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

2017 ޑިސެމްބަރ  12 ވަނަދުވަހުގެ 9.00 ގައި ސްކޫލްގެ އޮފީހުގައި

2017 ޑިސެމްބަރ 19 ވަނަދުވަހުގެ 9:00 ގައި ސްކޫލްގެ އޮފީހުގައި

މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންބަޔާންކޮށް ފޮނުވާ ފަރާތައް ސިޓީއާއި އެކު އައިޑީ ކާޑް ކޮޕީ  ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅިދާނެއެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ.ކާޑް ކޮޕީ ވެސް ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ގެންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށައަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށައަޅާ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަމްބަރ 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރުމަޢުލޫމާތު ހޯދުމަށް ގުޅާނީ 6500536 ނަމްބަރ ފޯނާއެވެ.

                       16 ރަބީޢުލްއައްވަލް  1439                             

                        04 ޑިސެމްބަރ    2017                                                                                                                    ފާތިމަތު ޝަޒުލާ

                                                                                                                                                           (އެކްޓިންގ- އިންޗާރޖް )

04 ޑިސެންބަރު 2017
ހޯދާ