މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރުއެޅުމަށް ބޭނުންވާ ސާމާނާ ހަރޑްވެއަރގެ ތަކެތީގެ ވިޔަފާރިއަށް ބިމެއްކުއްޔަށް ދޫކުރުން

ގެދޮރުއެޅުމަށް ބޭނުންވާ ސާމާނާ ހަރޑްވެއަރގެ ތަކެތީގެ ވިޔަފާރިއަށް ބިމެއްކުއްޔަށް ދޫކުރުން

މިރަށުޖެޓީސަރަޙައްދު ކައިރީގައި ހުރި ފެން ތާނގީގެ ބިއްދޮށުން  3107.07 އަކަފޫޓްގެ ބިމެއް  10 އަހަރު ދުވަހުގެ މުއްދަތަށް  ކުއްޔަށް ދޫކުރުމަށްޓަކައި ޢާންމުކޮށްހުޅުވާލައިފީމެވެ.

ވީމާ މިބިން ކުއްޔަށް ނަންގަވަން  ބޭނުންފުޅުވާ ފަރާތްތަކުން 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 އަށް  ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހު 13:30އަށް  ބިންބޭނުންކުރާނެ ގޮތުގެ ޕްރޮޕޯސަލްއާއިއެކު މަސްދުވަހުގެ ކުލި ބަޔާންކޮށް  މިއިދާރާއަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވިޔަފާރި ބިން ކުއްޔަށްހިފުމަށް އެދި" މިހެންލިޔުއްވަންވާނެއެވެ. ބިންކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީތައް ކެނޑުންއޮންނާނީ ސިޓީހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި     މިއިދާރާގެ ޖަލްސާކުރާމާލަމުގައެވެ. ބިންކުއްޔަށް ހިފަންބޭނުންފުޅުވާ ފަރާތަށް  ޙާޟިރު ނުލެއްވޭނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ.

 ކުންފުންޏަކުން އެދިލައްވާނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއާއި ޖީއެސްޓީ ރަޖިސްޓަރީ ކޮޕީ އަމިއްލަ ފަރާތަކުންނަމަ އަމިއްލަ ވިޔަފާރި ރަޖިސްޓަރީ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.   ބިންކުއްޔަށް ދޫކުރެވޭނީ ސިޓީ ހުށަހަޅާފަރާތްތަކުގެ ތެރެއިން  އެންމެބޮޑު ކުއްޔެއް  އަދި އެންމެ ރަގަޅުހުށަހެޅުމެއް ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތަކަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6640183 ނަމްބަރ ފޯނާއެވެ.

ބިމުގެ އޭރިޔާއަކީ 3107.07 ( ތިންހާސް އެއްސަތޭކަ ހަތެއް ޕޮއިންޓް ސުމެއް ހަތެއް ) އަކަފޫޓެވެ.

ހުށަހެޅޭނެ އެންމެކުޑައަގު  1554.00ރ (ފަނަރަސަތޭކަ ފަންސާސް ހަތަރު ރުފިޔާ)

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 ނޮވެންބަރު 2017
ހޯދާ