ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ. އުތީމު ޞިއްޙީމަރުކަޒުގެ ކުޑަ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް

       މި ޞިއްޙީމަރުކަޒުގެ ކުޑަދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުމަށްޓަކައި، މި މަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

މަޢުލޫމާތު ދިނުން

21 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން

28 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ހއ. އުތީމު ޞިއްޙީމަރުކަޒުގައެވެ.   

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

       މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ.

14 ނޮވެންބަރު 2017
ހޯދާ