ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލް އިދާރާއަށް ވަގުތީ މަސައްކަތު މީހަކު ހޯދުން

މަޤާމް :ވަގުތީ މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާން

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު

މަޤާމު ނަންބަރު:

J-291275

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (2018 އޭޕްރީލް 08 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާރޒް / ހިއުމަން ރިސޯސަސް

މަޤާމު އޮތް އޮފީސް:

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ އެތެރޭގެ ސާފުކުރަން ޙަވާލުކޮށްފައިވާ ހުރިހާތަނެއް ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ތަޅުމުގައި މޮޕްލުމާއި ޑަސްބިންތަކުގައި ހުންނަ ލިޔުންތައް އަންދައި އެތަކެތި ނައްތާލުން.
  2. އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކަހާހެދުން.
  3. އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެތަންތަނަށް ޙަވާލުކުރުން.
  4. އަތޮޅު ކައުންސިލްގެ އިދާރާގެ ސާފުކުރަން ޙަވާލުކޮށްފައިވާ ބައިގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތައް ފޮހެ ސާފުކުރުން.
  5. އަތޮޅު ކައުންސިލްގެ އިދާރާގެ މ ސާފުކުރަން ޙަވާލުކޮށްފައިވާ ބައިގައި ބޭނުންކުރާ ފާޚާނާ ހަފުތާއަކު ދެފަހަރު ސާފުކުރުން .
  6. އަތޮޅު ގޯތީ ދެކުނު ފަރާތުގައި އޮންނަ ހުސްބިމުން ސާފުކުރަން ހަވާލުކޮށްފައިވާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން
  7. އަތޮޅު ގޯތީ ގަސްހައްދާ ބެލެހެއްޓުން
    1. އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތއް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެންބަރު 26 އާއި 29 އާ ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ: 25%

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް، ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.

23  ޞަފަރު  1438

12  ނޮވެންބަރު 2017

12 ނޮވެންބަރު 2017
ހޯދާ