ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި ގައު އަތުރައިގެން ދެ ވޯކްވޭއެއް ހަދަން

އިޢުލާން

މިކޯޓުގެ ގޯތިތެރޭގައި  އަމިއްލަ ތަކެތީގައި ގައު އަތުރައިގެން ދެ ވޯކްވޭއެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިމަސައްކަތަށް ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 09 ނޮވެމްބަރ 2017 ( ބުރާސްފަތި )

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓު

12 ޞަފަރު     1439 

01 ނޮވެމްބަރ   2017

01 ނޮވެންބަރު 2017
ހޯދާ