މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން   

 

 ކޮންޓްރެކްޓް އުޞޫލުން މިއިދާރާގެ ސެކިއުރިޓީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 23  އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 13:30އަށް މިއިދަރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30އަށް އެސްޓިމޭޓްހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އެފަދަ ފަރާތަކުން  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް    ހުށަހަޅަންވާނެއެވެ.

އެސްޓިމޭޓް ކެނޑުންއޮންނާނީ 30 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 13:30 ގައި އެސްޓިމޭޓް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޞިރުވެ ނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

29 މުޙައްރަމް 1439ހ.

19 އޮކްޓޫބަރ 2017މ.

 

 

 

19 އޮކްޓޫބަރު 2017
ހޯދާ