ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅުސްޓޯރު އޮޑިޓް ކުރުމާގުޅޭ

އިޢުލާން

 

މިއިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ އާވާނިރު/ފ. އަތޮޅުސްޓޯރު 2014 ވަނަ އަހަރުން ފެށިގެން 2016 ގެ ނިޔަލަށް އޮޑިޓް ފާމެއް މެދުވެރިކޮށް މިނިވަން އޮޑިޓެއް ކުރަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން 2017 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2017 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އާވާނިރު/ފ. އަތޮޅުސްޓޯރު އޮޑިޓްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

 

 

08އޮކްޓޫބަރު2017

 

08 އޮކްޓޫބަރު 2017
ހޯދާ