މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި، މިއިދާރާގެ ނަމްބަރ: 38/IUL)333/333/2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ، އެމަސައްކަތް އަލުން ކުރުމަށް ދެވަނަފަހަރަށް އިޢުލާންކުރީމެވެ.   

ވީމާ މިމަސައްކަތާއިބެހޭގޮތުން މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޫބަރ  2017މ ވާ އަންގާރަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޮކްޓޫބަރ 2017 ވާ  އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އެފަދަ ފަރާތަކުން  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރު ވެވެންނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 އޮކްޓޫބަރު 2017
ހޯދާ