މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގެ ސްޕަވައިޒަރ

`                

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                      ނަންބަރު:  (IUL)303-AS/2017/34

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގެ ސްޕަވައިޒަރ

މަޤާމުގެ އަދަދު:        1

މަސައްކަތް ކުރާތަން:     އުނގޫފާރު ރައްޔިތުންގެ އިންޖީންގެ

މުސާރަ:            4000.00 ( ހަތަރު ހާސް ރުފިޔާ )

ސާރވިސް އެލަވަންސް:    މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20           

                މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:  1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

                 2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 17 ސެޕްޓެމްބަރ 2017، އާދިއްތަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 20 ސެޕްޓެމްބަރ 2017، ބުދަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

                  20  ޒުލްހައްޖު    1438   

                  11  ސެޕްޓެމްބަރ  2017                                                                                 ޢަބުދުއްނާޞިރު ޢަލީ

                                                                                                                  ކައުންސިލްގެ ރައީސް

           ޣާޒީމަގު / ރ، އުނގޫފާރު ، ދިވެހިރާއްޖެQaazeemagu Raa. Ungoofaaru, Repulic of Maldives                  

           ފޯން: 6580118         Telepone

           އީމެއިލް:   E- mail: [email protected]                                       

11 ސެޕްޓެންބަރު 2017
ހޯދާ