މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކް ކުއްޔެއް ނުނަގާގޮތައް 5 އަހަރު ދުވަހަށް ކުއްޔައް ދޫކުރުން

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

 ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

      އުނގޫފާރު، ދިވެހިރާއްޖެ                     

ނަންބަރު:   (IUL)303-AS/303/2017/33

އިޢުލާން

މިރަށު ކުޑަކުދިންގެ ޕާރކް ކުއްޔެއް ނުނަގާގޮތައް 5 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              

           މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާރކް ކުއްޔަކާއި ނުލާ 5 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 05 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 1:30 އަށް މިއިދާރާއަށެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ޕްރަޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 07 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް އެދި ހުށައަޅާ ޕްރަޕޯސަލް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން ބަލަހައްޓަމުންދާ ކުޑަކުދިންގެ ޕާރކް ބަލަހައްޓައި  ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރަޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

ކުޑަކުދިންގެ ޕާރކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލްގެ މެމްބަރ ޙުސައިން އާސިފް ( މޯބައިލް ނަމްބަރ 9978600)  އާއި ގުޅުއްވުން އެދެމެވެ.

 

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ކުޑަކުދިންގެ ޕާރކް ބަލަހައްޓައި ދިނުމަށް ހުށަހަޅާ ހުށަހެޅުމަށް %80

މާލީ ތަނަވަސްކަމަށް % 10

މުއްދަތައް %10

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             08  ޒުލްހައްޖު  1438    

             29  އޮގަސްޓް  2017  

 

 

                                                             އަބްދުންނާޞިރު ޢަލީ

                                                             ކައުންސިލްގެ ރައީސް 

29 އޮގަސްޓް 2017
ހޯދާ