މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތު ކުރާނެފަރާތެއް ހޯދުން

ހިނަވާގެ މަރާމާތު ކުރާނެފަރާތެއް ހޯދުން

 

    މިރަށު މަސްޖިދުއް ތަގުވާ ގޯތިތެރޭގައި ހުރި ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.  

ވީމާ މިމަސައްކަތް މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރ  2017މ ވާ ހޯމަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެންބަރ 2017 ވާ  ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލްވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތް ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އެފަދަ ފަރާތަކުން  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލްގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް    ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާދުގެ ނަން އަދި އިޢުލާން ނަންބަރ  އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 އޮގަސްޓް 2017
ހޯދާ