ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅު ރައްޔިތުންގެ "ގެލެކްސީ" ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކުރުމާގުޅޭ

އިޢުލާނު                

 

 ހއ.އަތޮޅު ރައްޔިތުންގެ "ގެލެކްސީ" ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކުރުމާގުޅޭ

 

       ހއ.އަތޮޅު ރައްޔިތުންގެ "ގެލެކްސީ" ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކުރުމަށް ބޭނުން ވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވާ  ސިޓީ އުރައިގެ ބޭރުގައި "ހއ. އަތޮޅު ރައްޔިތުންގެ " ގެލެކްސީ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިގުޅޭ " މިގޮތަށް ލިޔުއްވަންވާނެއެވެ.

 

 

     މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

16 އޮގަސްޓް 2017  10:30

24 އޮގަސްޓް 2017  10:30

 

            ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްހުށަހަޅަންވާނެއެވެ. އަދި އެމީހަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަހަޅަންވާނެއެވެ. އަމިއްލަ

 

 ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަންވާނެއެވެ. މީގެއިތުރުން އަމިއްލަ ފަރާތަކުން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަންވާނެއެވެ. އަދި އެމީހަކުތަމްސީލްކުރަނީ ކޮންފަރާތެއްކަން އަންގައިދޭ ސިޓީއާއި، އެފަރާތުގެމުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާ އަގު     ( 65 އިންސައްތަ )
  2. މުއްދަތު        ( 15 އިންސައްތަ )
  3. ތަޖުރިބާ        ( 10 އިންސައްތަ )

15 ޛުލްޤަޢިދާ 1438

                 07 އޮގަސްޓް 2017

 

 

 

 

07 އޮގަސްޓް 2017
ހޯދާ