ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރެށްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު

                                         c

 

    Rathafandhoo School

    GDH. Rathafandhoo

    Rep of Maldives 

    Phone /fax:7983087/6840037

ރަތަފަންދޫ ސްކޫލް                                

 ގދ. ރަތަފަންދޫ

ދިވެހިރާއްޖެ

ފޯން/ ފެކްސް 7983087/6840037

 

ނަންބަރ:

 

        GS-205/IUL/2017/20

އިއުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް

 

 

   މަޤާމް:                     ޕްރީސްކޫލް ޓީޗަރ 

   ބޭނުންވާ އަދަދު:                01

   ވަޒީފާއޮތް އޮފީސް:              ރަތަފަންދޫ ސްކޫލް

   ގިންތި:                      ކޮންޓްރެކްޓް ( އެކަޑަމިކް އަހަރުގެ ނިޔަލަށް )

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެކަޑަމިކް/ރަތަފަންދޫ ސްކޫލް

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

-          އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތު:   

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ

GS1

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

3565/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓިފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން

4000/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން

4465/-

1500

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް ޓީޗަރ 4

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

ކިޔަވާދިނުމުގެ ރޮނގުން ސެޓިފިކެޓް ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން

5020/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް ޓީޗަރ 5

ކިޔަވާދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން

5610/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް ޓީޗަރ 6

ކިޔަވާދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

6295/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ

ޕްރީ ސްކޫލް ޓީޗަރ 6ގެ މަޤާމުގެ ޝަރުތު ހަމަވެ އެ މަޤާމްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7035/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް ޓީޗަރ 8

 ކިޔަވާދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ

ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުތު ހަމަވެއެ މަޤާމްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7875/-

2500/-

 

 

-         ކިޔަވައި ދިނުމުގެ ދާއިރާކަމަށް ބެލެވޭނީ ޕްރީސްކޫލް ޓީޗިން ހަދާފައިވާ ފަރާތްތަކެވެ.

-         މަތީގައިވާ ޝަރުތުތައް ހަމަވާ ޓީޗަރުން ނުލިބިއްޖެނަމަ އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒިފާއަށް މީހުން އައްޔަންކުރުމުގައި، ޖީ.އެސް 3 ނުވަތަ ޖީ.އެސް 4 ޝަރުތުހަމަވާ ފަރާތްތައް ގުނޭނެއެވެ. 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

-          ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް   

އިންޓަރވިއު ކުރުން

 

ހ. މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ މި އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ހިމެނޭ ތާރީޚެއްގައި ރަތަފަންދޫ ސްކޫލް އޮފީހުގައެވެ. އިންޓަވިޔުއަށް ހާޟިރުވާންޖެހޭ ގަޑި 24 ގަޑިއިރުކުރިން އިންޓަވިޔުއަށް ހޮވޭ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. 

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- މައުލޫމާތުފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް( އެޕްލިކޭޝަން ފޯމް ރަތަފަންދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. )

2- ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޟެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހައި ތައުލީމާއި ތަމްރީނުތަކުގެ ކޮޕީ

ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ)

ށ- ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

ނ- ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކުރައްވާފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސްކޫލް އޮފީހަށެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ސްކޫލް ގެ ނަންބަރު 7983087، 7888505 ފޯނަށް ގުޅުއްވުން އެދެމެވެ. 

1438 K 8 

31 ޖުލައި 2017

 

                                                                          މުހައްމަދު ޢަބްދުﷲ 

                                                                ޕްރިންސިޕަލް

                                                       

31 ޖުލައި 2017
ހޯދާ