މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
8 ފޫޓް ފުޅާ 40 ފޫޓް ދިގު ކޮންޓީނާ ވިއްކާލުން

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

      އުނގޫފާރު، ދިވެހިރާއްޖެ                     

ނަންބަރު:   (IUL)303-AS/303/2017/27

އިޢުލާން

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ބާއިންޖީންގޭގެ ސަރަހައްދުގައި ހުރި 8 ފޫޓް ފުޅާ 40 ދިގު ކޮންޓީނާ ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

           މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ބާއިންޖީންގޭގެ ސަރަހައްދުގައި ހުރި 8 ފޫޓް ފުޅާ 40 ދިގު ކޮންޓީނާ ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

           މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ބާއިންޖީންގެ ސަރަހައްދުގައިވާ ކޮންޓީނާ ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 08 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށެވެ. ކޮންޓީނާ ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ ބާއިންޖީންގޭގެ ސަރަހައްދުގައި ހުރި 8 ފޫޓް ފުޅާ ދިގު 40 ފޫޓް ކޮންޓީނާ ގަތުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

ރައްޔިތުންގެބާ އިންޖީންގޭގެ ސަރަހައްދުގައި ހުރި 8 ފޫޓް ފުޅާ 40 ދިގު ކޮންޓީނާއާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ރައްޔިތުންގެ އިންޖީންގޭގެ މެނޭޖަރ އަޙްމަދު އަބްދުއްސަކޫރުގެ ( މޯބައިލް ނަމްބަރ 9998591)  އާއި ގުޅުއްވުން އެދެމެވެ.

 

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް %70

މުއްދަތައް %20

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             10  ޒުލްގައިދާ  1438    

             02  އޮގަސްޓް  2017  

 

 

                                                             އަބްދުންނާޞިރު ޢަލީ

                                                             ކައުންސިލްގެ ރައީސް 

02 އޮގަސްޓް 2017
ހޯދާ