ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:

J-117974

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިދާރީ

މަޤާމް އޮތް އޮފީސް:

ގދ ރަތަފަންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ ރަތަފަންދޫ ސްކޫލް

މުސާރަ:

-/4465 ރުފިޔާ  (މުވައްޒަފަށް ލިބޭ މުސާރަ: 4465.00ރ)

ސާރވިސް އެލަވަންސް:

1500.00ރ

އިތުރު އިނާޔަތްތައް:

1-      ސިވިލްސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

3-      ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ދާއިރާ:

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމެންޓް

-          އިންފޮމޭޝަން ޓެކްނޮލޮޖީ

-          ހިއުމަން ރިސޯސް މެނޭޖްމެންޓް

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

1-      ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން

2-      ވަޒީފާ ބަޔާން ތައްޔާރުކުރުން

3-      ޓީޗަރުންނާއި މުވައްޒަފުންގެ އޯވަޓައިމް ކަންތައް ބެލެހެއްޓުން

4-      ސްކޫލަށް އަލަށް ވަންނަ ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

5-      ސްޓާފް މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ވެރިޔާ ލައްވައި ސޮއި ކުރުވުން.

6-      ސްޓޮކަށް ބޭނުންވާ ތަކެތި ބަޖެޓް ބަލަހައްޓާ މުވައްޒަފާއި ވާހަކަދައްކައި މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ހޯދައި ޓީޗަރުންނާއި މުވައްޒަފުންނަށް ދޫކުރުން.

7-      ސްކޫލުގެ ދުވަހު ޔައުމިއްޔާ ގަވާއިދުން ލިޔެ މަސް ނިމުމުން ޕްރިންޓް ކޮށް ވެރިޔާ ލައްވައި ސޮއިކުރުވައިފައިލް ކުރުން

8-      ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ބާވުމުގެ ސަބަބުން ބޭނުންނުކުރެވޭ ސްކޫލުގެ ހަރު މުދާ ނިލަން ކިޔުމަށް ސްކޫލުގެ އިސް ވެރިޔާއާއި މަޝްވަރާކޮށް އެފަދަ ތަކެތި ނީލަން ކަންތަށްތަށް ބެލެހެއްޓުން.

9-      ސްކޫލުން އަންގާ ގޮތެއްގެ މަތިން ޓީޗަރުންނަށް ބޭނުންވާ ފޮޓޯކޮޕީ ނަގައިދިނުން.

10-  ސްކޫލުގެ ވަޒީފާތަކަށް އެދި ސިޓީ ފޮނުވާ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެ އިންތިޒާމް އިސްވެރިޔާގެ މަޝަވަރާގެ މަތިން ހަމަޖެއްސުމާއި އަދި އިންޓަރވިއު ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ފޮނުވަން ޖެހޭތަންތަނަށް ފޮނުވުން.

11-  މަސައްކަތާއި ގުޅޭ އެންމެހާ ފޮތްތަށް ތައްޔާރު ކުރުން.

12-  ތަފާސް ހިސާބަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ކަޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފްއެޑިއުކޭޝަނަށް ފުނުއްވުން

13-  ދިރާސީ އާ އަހަރު ފެށޭ އިރު ޓީޗަރުންނަށް ބޭނުންވާ އެގްޒިޓް ކާޑް، ފައިލް ޗެކްލިސްޓް ފަދަ ތަކެތި ތައްޔާރު ކޮށް ބެލެހެއްޓުން.

14-  އެންޓްރީ އަށް ލިބޭ ތަކެތީގެ ތެރޭގައި ނޫސް މަޖައްލަ، ލީފްލެޓް، ފޮޓް ފަދަ ތަކެތި އިސްވެރިޔާ ބަލައި ނިމުމުން ލަސްނުވެ ލައިބްރަރީ އާ ހަވާލުކުރުން.

15-  ޖަވާބުނުދެވި ހުންނަ ސިޓި، މެސެޖް ތަކުގެ މަޢުލޫމާތު ސްކޫލުގެ އިސްވެރިޔާއަށް ދުވާލަކު އެއްފަހަރު ދިނުން.

16-  ސްކޫލަށް ލިބޭ މެސެޖާއި، ސިޓީ އަދި ސާކިޔުލަރ ފަދަ ތަކެތި ލަސްނުކޮށް އެންޓްރީ އަށް އަރުވައި ފައިލް ކުރުން

މަޤާމުގެ ޝަރުތުތައް

1-          މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގަސި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-          ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަސްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1-                މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަތަފަންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ގެ ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2-      ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5-     ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 ހ– މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 ށ- ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 ނ- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6– ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސާވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލް ސާވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތުގެ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރަތަފަންދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 މެއި 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިންނެވެ.          

އިންޓަވިޔު އޮންނާނެ ތަނާއި މުއްދަތު

މިމަގާމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު އޮންނާނީ 15 މެއި 2017 އިން 21 މެއި 2017 އާއި ދެމެދު ރަތަފަންދޫ ސްކޫލް އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚު ތަކުގައި އިންޓަވިޔުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30 އިންސައްތަ ލިބެންޖެހޭނެ އެވެ.

އިތުރުމައުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ  ނަންބަރު 7983087  ފޯނަށް ގުޅުއްވުން އެދެމެވެ.  ނުވަތަ އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

 

 

7 ޝައުބާން 1438

03 މެއި 2017

03 މޭ 2017
ހޯދާ