ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެފް އެސް އެމް އީޒީފިލްގައި ހުރި އުކާލާ ބައެއް ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

 

މިކުންފުނީގެ އެފް އެސް އެމް އީޒީފިލްގައި ހުރި އުކާލާ ބައެއް ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ. 

މުދަލުގެ ބާވަތް:   ހަލާކުވެފައި ހުރި އިލެކްޓްރޯނިކް ސާމާނު، އަޑީ ތެޔޮ ފީފާ، ކޮންޓެމިނޭޓެޑް އޮއިލް ފީފާ

              5 އޭސީ އިންޑޯރ ޔުނިޓް

              2 އޭސީ އައުޓްޑޯ ޔުނިޓް

              1 އެލް އީ ޑީ ޓީވީ

              1 ބްލޫ ރޭ ޕްލޭޔަރު

              1 ކޭޝް ރެޖިސްޓަރ

              2 ކޮމްޕިއުޓަރ ސީޕީޔޫ

              1 ވޯޓާ ޑިސްޕެންސަރ

ތަން:          އެފް އެސް އެމް އީޒީފިލް، ކަންބާއައިސާރަނި ހިންގުން

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 މޭއި 2017 ވަނަ ދުވަހުން ފެށިގެން 07 މޭއި 2017 އާއި ދެމެދުގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް އީޒީފިލް އަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 08 މޭއި 2017 ވާ އަންގާރަ ދުވަހުގެ ރަސްމީ ގަޑީގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާއަށެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ކޯޓޭޝަނާއިއެކު ހުށައަޅުއްވަން ވާނެއެވެ.    

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނުވަތަ 7700240 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

 

               03 މޭއި 2017

03 މޭ 2017
ހޯދާ