ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯޗާރސް ކޮމިޝަން އާއި ރެފްރީޒް ކޮމިޝަންއަށް އިންތިހާބުކުރަންޖެހޭ މެމްބަރުން އިންތިހާބު ކުރުން

އިޢުލާން

 

2017 ފެބްރުއަރީ 20 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާރޒް ގައި ރަޖިސްޓްރީ ކުރެވިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދު ގައިވާ ގޮތުގެމަތިން މިއެސޯސިއޭޝަންގެ ކޯޗާރސް ކޮމިޝަން އާއި ރެފްރީޒް ކޮމިޝަންއަށް އިންތިހާބުކުރަންޖެހޭ އިތުރު މެމްބަރުން އިންތިހާބު ކުރުމަށް، 2017 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި އިންތިހާބީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، މަތީގައި ދެންނެވުނު ދެކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފާރާތްތަކުން "މެމްބަރު ކަމަށް ކުރިމަތި ލުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު އައި.ޑީ ކާޑު ގެ ކޮފީ އަކާއިއެކު 2017 އެޕްރީލް 18 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

މިއިންތިހާބުގައި ވޯޓްލެވޭނީ، ކޯޗާރސް ކޮމިޝަން އަދި ރެފްރީޒް ކޮމިޝަންގެ އިންތިހާބު - 2017 ގައި ވޯޓުލުމަށް، މިއަދުން ފެށިގެން 2017 އެޕްރީލް 18 ވާ އަންގާރަ ދުވަހުގެ 12:00 ގެނިޔަލަށް މިއެސޯސިއޭޝަންގައި ރަޖިސްޓްރީވާ ކޯޗުންނާއި ރެފްރީންނަށެވެ. މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

10 އެޕްރީލް 2017

10 އޭޕްރިލް 2017
ހޯދާ