ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ނަންބަރު: IUL)326-HR/INDIV/2017/5)                                                          

 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-252283

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2                                              

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން / ޔުނިޓް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

މަޤާމު އޮތް އޮފީސް:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު

މުސާރަ:            

-/6295ރ (ހަހާސް ދުއިސައްތަ ފަންސަޔާނަވައި) ރުފިޔާ

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

(މީގެއިތުރުން ޔުނިޓް ހެޑަށް ކަނޑައެޅިފައިވާ ފޯން އެލަވަންސް ލިބިލައްވާނެއެވެ.)

 

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ ޢާއްމުދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާއްމު މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

2. ޡަޤާފީ ކަންތައްތަކާއި ކުޅިވަރުތައް ދިރުވައި އާލާކުރުމުގެގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

3. ދީނީ އެކިއެކި ޙަރަކާތްތައް ހިންގުމާ އެކަމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތައް.

4. އެކިއެކި މުބާރާތްތައް ރާވައި ހިންގުމާ ޖަލްސާ، ސެމިނަރ، ވޯކްޝޮޕް ފަދަ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.

5. ކައުންސިލްގެ ބެލުމުގެދަށުގައިހުންނަ ކުޅިވަރު ދަނޑުތަކާ ކުޅިވަރުކުޅުމަށް ބޭނުންކުރާ ސާމާނުތައް ރައްކާތެރިކޮށް ބެލެހެއްޓުން.

6. ރަށުގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ކަންތައްތައް ބެލެހެއްޓުން.

7. ކައުންސިލް އިދާރާއިން ކުރަންޖެހޭ ފަންޑާ ލޯނާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

8. ސަރުކާރުގެ ބިނާވެށި ޕްލޭނާއި އެއްގޮތަށް ރަށުގެ ލޭންޑްޔޫސް ޕްލޭންތައްޔާރުކޮށް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ހޯދުމުގެ މަސައްކަތްކުރުން.

9. އަތޮޅުކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން ކައުންސިލުން ނިންމާ ގޮތެއްގެމަތިން  އެކި ބޭނުމަށް ކުއްޔަށްދޫކުރުމާއި ދިނުމުގެ މަސައްކަތްތައް ކުރުން.

10. ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކުރުވުން.

11. ރަށުން ދިރިއުޅުމަށް ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، އަދި އެހެނިހެން ބޭނުންތަކަށް ދޫކުރަންޖެހޭ ބިންތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ދޫކުރުމުގެ އެންމެހައި އިންތިޒާމްތައް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ހަމަޖެއްސުން.

12. ރަށުގައި ގެންގުޅޭ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ ރަޖިސްޓްރީއެއް އެކުލަވާލައި ޓްރާންސްޕޯޓް އޮތޯރިޓީން އަންގަވާގޮތެއްގަމަތީން ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

13. ބިދޭސީންގެ ދަފްތަރު އެކުލަވައިލާ ބެލެހެއްޓުން.

14. ރަށުގައި ހިނގަމުންދާ ވިޔަފާރިތަކާއިބެހޭ އެންމެހައި މަޢުލޫމާތުއެއްކޮށް ވިޔަފާރިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

15. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޫކުރުމާއި އެތަންތާނގެ ރަޖިސްޓަރީ ބެލެހެއްޓުމާ އެތަންތަނަށް އާމްދަނީ ލިބޭނެ އިތުރުގޮތްތައް ބަލައި އެކަންކަމަށް މަސައްކަތްކުރުން.

16. ކައުންސިލް އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަން މަރާމާތުކުރުމާ އެތަންތަން ބެލެހެއްޓުމާއި އެކަންކަމާއިބެހޭ މަސައްކަތް.

17. ރަށާއިބެހޭ މައުލޫމަތު ފޯމް އެކުލަވާލައި ހަމަޖެހިފައި އޮންނަ އުސޫލުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

18. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

19. ޚާއްޞަ ހާލަތްތަކާއި ގުޅިގެންނާއި އިޖުތިމާޢީ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

4. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

1- ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި ތަޖުރިބާ

4- އިންފޮރމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މިންވަރަށް

5- ކުޅިވަރާއި މުނިފޫހ ފިލުވުމާ އިޖްތިމާޢީ ދާއިރާގެ ތަޖްރިބާ ލިބިފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމް.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހިންނަވަރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2017 އެޕްރީލް 13 އާ 30 އާއި ދެމެދު ހިންނަވަރު ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް އެޑްރެހަކީ [email protected] އެވެ.

07   ރަޖަބު   1438

04  އެޕްރީލް   2017

04 އޭޕްރިލް 2017
ހޯދާ