ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1
 

 

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ހިންނަވަރު، ދިވެހިރާއްޖެ.

 SECRETARIAT OF LH. HINNAVARU COUNCIL

          LH.HINNAVARU, REP.OF MALDIVES

ކޯޕަރޭޓް އެފެއަރޒް ޔުނިޓް/ ހިއުމަން ރިސޯސްއާއިބެހޭބައި

   CORPORATE AFFAIRS UNIT/Human Resource

ނަންބަރު: IUL)326-HR/INDIV/2017/2)                                                                              

 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J288426

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2                                              

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން / ޔުނިޓް:

ކޯޕަރޭޓް އެފެއަރޒް

މަޤާމު އޮތް އޮފީސް:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު

މުސާރަ:            

-/6295ރ (ހަހާސް ދުއިސައްތަ ފަންސަޔާނަވައި) ރުފިޔާ

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

(މީގެއިތުރުން ޔުނިޓް ހެޑަށް ކަނޑައެޅިފައިވާ ފޯން އެލަވަންސް ލިބިލައްވާނެއެވެ.)

 

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްގެ ޔުނިޓްތަކުންނާއި ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ސިސްޓަމަށް އަޅައި ބަޖެޓް ތައްޔާރުކޮށް ބެލެހެއްޓުން.

2- ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެ މަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.

3- ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްގެ ޔުނިޓްތަކުންނާއި ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ސިސްޓަމަށް އަޅައި ބަޖެޓް ތައްޔާރުކޮށް ބެލެހެއްޓުން.

4- ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެ މަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.

5- މާލިއްޔަތު ޤަވާޢިދުގެ 6.02 ގައި ވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ އަދި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުވުން.

6- މާލިއްޔަތު ޤަވާޢިދުގެ 6.16 ގައިވާގޮތުގެމަތިން ކައުންސިލްގެ އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ސިސްޓަމުން ތައްޔާރުކުރުމާއި، މާލިއްޔަތު ޤަވާޢިދުގެ 6.25 ގައިވާ ގޮތުގެމަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7- ކައުންސިލްގެ އިދާރާއިން އަގުދައްކާގޮތަށް ދޭ ޚިދުމަތްތަކުގެ އަގު ބަލައިގަތުމާއި އެ ޚިދުމަތްތަކުގެ ފައިދާއާއި ގެއްލުމުގެ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން.

8- ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ކުއްޔަށާއި ޚިދުމަތްތަކުގެ އަގަށް ލިބޭ ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ކަނޑައެޅިފައިވާ ޤަވާޢިދުތަކާ އެއްގޮތަށްތޯ ބަލައި އެކަން ކަށަވަރުކުރުން.

9- ފައިސާއާއިބެހޭ ހުރިހާ ލިޔުންތަކެއް ބަލަހައްޓަމުން ގެންދަނީ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށްތޯ ބެލުން.

10- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކުރަންޖެހޭ މާލީ ރިޕޯޓްތައް ސިސްޓަމުން ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

11- ކައުންސިލުން ދޭ ޚިދުމަތްތަކަށާއި ތަންތަނާއި ތަކެތި ކުއްޔަށްދީގެން ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދައްކަމުން ގެންދޭތޯބެލުމާއި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކައުންސިލްގެ ލަފާގެމަތިން އަޅަމުން ގެންދިއުން.

12- އިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ ތަންތާނގެ މުވައްޒަފުންނަށް މުސާރަދިނުމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ސިސްޓަމުން ތައްޔާރުކުރުމާ އެ ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.

13- ބަޖެޓާ ފައިސާއާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އަންގާ ފޯމެޓަށް ތައްޔާރުކޮށް ބެލެހެއްޓުން.

14- ކުއްޔަށް ދޫކޮށްފައިވާ ތަންތާނގެ ރަޖިސްޓަރީ ބެލެހެއްޓުން.

15- ޔުނިޓްގެ މަސައްކަތްތަކުގެތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުން.

16- ނޭޝަނަލް ސެންޓަރފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި ގުޅިގެން ހިންނަވަރު ކައުންސިލް އިދާރާގެ އީގަވަރމަންޓް (ޖެމްސް) އާއި ބެހޭ ކަންތައްތައް ބެލެހެއްޓުން.

17- އިންފޯރމޭޝަން ޓެކްނޮލޮޖީއާއި ބެހޭގޮތުން ޔުނިޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އައިޓީއާއިބެހޭ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން.

18- މީގެ އިތުރުން ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

އިންސައްތަ (%)

ދެވޭނެއެންމެމަތީ މާކްސް

ބެލޭނެބައިތައް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

ތަޢުލީމާއި ތަމްރީން

12.5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

5

12

ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

އިމްތިހާން

10

23

ވަޒީފާއާ ގުޅޭ ތަޖުރިބާ

މަސައްކަތުގެ ތަޖުރިބާ

4

10

އެހެނިހެން ތަޖުރިބާ

43

100

އިންޓަރވިއު / ޕެރެކްޓިކަލްސް

ލިބިފައިވާ ހުނަރު

100

235

ޖުމުލަ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމް.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހިންނަވަރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މާރޗް 2017 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހިންނަވަރު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 02 އެޕްރީލް 2017 އާ 13 އެޕްރީލް 2017 އާއި ދެމެދު ހިންނަވަރު ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %40 (ސާޅިސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް އެޑްރެހަކީ [email protected] އެވެ.

16 ޖުމާދަލްއާޚިރާ 1438

15    މާރޗް  2017

15 މާރިޗު 2017
ހޯދާ