ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއުމަންރިސޯސް މެނޭޖްމަންޓް ސިސްޓަމް ގަތުމާބެހޭ

އިޢުލާން

 

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ހިޔުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް ހޯދުމަށް ކުރި އިޢުލާން ((IUL)239-AHRI/239/2017/7  އަށް ހުށަހަޅުއްވާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް ، އަލުން އެ އެޗް އާރު ސިސްޓަމް ގަތުމަށް އިއުލާން ކުރަމެވެ.

ވީމާ، މިސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށްފަހު މައުލޫމާތު ސާފުކުރަށްވައި ، ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

05 ފެބްއަރީ 2017 ވާ  އާދިޢްތަ ދުވަހު 10:00 ކުރިން

7 ފެބްރުއަރީ   2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް މިކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ދަތިފުޅުވާ ފަރާތްތަކުން [email protected]އީމެއިލަށް މެއިލްކޮށްގެން ވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާނީ ، 7 ފެބްރުއަރީ   2017 ވާ އަންގާރަ ދުވަހުގެ 10:45 ގެ ކުރިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ : 7909242 ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

               03 ޖުމާދަލްއޫލާ 1438 ހ

               01 ފެބްރުއަރީ  2017 މ 

02 ޖަނަވަރީ 2017
ހޯދާ