އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މެސެންޖަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މެސެންޖަރު

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް:

އިދާރީ ހިންގުމާއި ފައިސާއާބެހޭ

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ސަނަދެއް / ލައިސަންސެއް / ތަމްރީނެއް / ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛

3. ސައިކަލު ދުއްވުމުގެ ލައިސަންސް އޮތުން (ސައިކަލު ދުއްވުމުގެ ލައިސަންސްގެ އިތުރުން، ކާރު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އޮފީހުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި، އޮފީހުން އަންގާގޮތެއްގެމަތީން އެފަރާތްތަކަށް ރައްދުކުރުން.

2. އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާއާއި ޗެކުފަދަ ތަކެތި، އޮފީހުން އަންގާގޮތެއްގެމަތީން ހަވާލުކުރުން.

3. ޖަލްސާއާއި ބައްދަލުވުންފަދަ ހަރަކާތްތަކުގެ ދަޢުވަތުކާޑު ރައްދުކުރުން.

4. ސްޓޮކަށް ބޭނުންވާ ތަކެތި ގެނައުމުގައި، ސްޓޮކް ބަލަހައްޓާ މުވައްޒަފުނަށް އެހީތެރިވުން.

5. ސްޓޮކަށް ބޭނުންވާ ކޯޓޭޝަން ހޯދުމުގައި އެހީތެރިވުން.

6. މަރާމާތުކުރަންޖެހޭ މެޝިނަރީތައް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން.

7. ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވެ އެއްބާރުންދިނުން.

8. އޮފީސް އިމާރާތާއި ފަރުޗަރާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް ބަލަހައްޓައި ތަރުތީބުކުރުމުގައި އެހީތެރިވެ އެއްބާރުލުން ދިނުން.

 

އުޖޫރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/5،300 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،000ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.icom.mv ގެ ވެބްސައޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

- ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓު

- ތަޖުރިބާގެ ލިޔުން.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 13:45 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް / ގ. ބިއްލޫރިޖެހިގެ، މަޖީދީ މަގު، މާލެ.

 

އިންޓަވިއު:

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.

- ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. 

- އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3010990 ނަންބަރު ފޯނާއެވެ.

7 ރަބީއުލްއާޚިރު 1438

05 ޖަނަވަރީ 2017
ހޯދާ