ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓެރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/6،295 ރުފިޔާ

ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: މަހަކު، މުސާރައިގެ %45

މަޤާމުގެ މަސައްކަތްތައް: އިދާރީ މަސައްކަތާއި، ފައިސާއާބެހޭ މަސައްކަތާއި، ފްރޮންޓް އޮފީހުގެ މަސައްކަތް.

މަސައްކަތް ކުރަންޖެހޭ ތަން: މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

މި މަޤާމަށް މީހަކު ހޮވުމުގައި، ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2017  ޖަނަވަރީ  19  ވާ  ބުރާސްފަތި  ދުވަހުގެ  13.30  ގެ  ކުރިން،  މި  ޓްރައިބިއުނަލްގެ  ވަޒީފާއަށްއެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  ގ.  ފަތުރުވެހި  3  ވަނަ  ފަންގިފިލަޔައަށް  ހުށަހެޅުން  އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމު (މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު، މި ޓްރައިބިއުނަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ www.employmenttribunal.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޓްރައިބިއުނަލްގެ  3027816 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ރަބީޢުލްއާޚިރު 1438

04 ޖަނަވަރީ 2017
ހޯދާ