އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ

                2013 ނޮވެންބަރު 11 ވާ ހޯމަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނާނޭ މީހަކު އިންތިޚާބު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން  2013 ސެޕްޓެންބަރު 7 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.

އިންސައްތަ

ލިބުނުވޯޓު

ޙައިޘިއްޔަތު

ދާއިމީއެޑްރެސް

ފުރިހަމަނަން

#

24.07

50,422

ޖުމްހޫރީ ޕާޓީ

މ. މާފަންނުވިލާ، މާލެ

ޤާސިމް އިބްރާހީމް

1

5.13

10,750

އަމިއްލަގޮތުން

މއ. ޔުރީކާ، މާލެ

ޑރ. މުޙައްމަދު ވަޙީދު ޙަސަން

2

25.35

53,099

ޕީ.ޕީ.އެމް

މއ. ކާމިނީހުޅަނގުގެ، މާލެ

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

3

45.45

95,224

އެމް.ޑީ.ޕީ

ގ. ކެނެރީގެ، މާލެ

މުޙައްމަދު ނަޝީދު

4

 

209,495

ޞައްޙަ ވޯޓު:

 

2,395

ބާޠިލު ވޯޓު:

 

211,890

ޖުމުލަ ވޯޓު:                                                                                                         

 

239,593

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު:                                                         

            މި އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވޯޓުދިން މީހުންގެ ތެރެއިން ޞައްޙަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ގިނަ ވޯޓު ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ) އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވޭނެއެވެ.

            ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ:

     1. މުޙައްމަދު ނަޝީދު،  ގ. ކެނެރީގެ، މާލެ

     2. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،  މއ. ކާމިނީހުޅަނގުގެ، މާލެ

          ރިޔާސީ އިންތިޚާބު 2013 ގެ ދެވަނަ ބުރުގެ ވޯޓުނެގުން އޮންނާނީ 2013 ސެޕްޓެންބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ން ހަވީރު 4:00 އަށެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

           8    ޛުލްޤަޢިދާ  1434 

14 ސެޕްޓެންބަރު 2013
ހޯދާ