ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

މި ސްކޫލަށް ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު:

މަޤާމް

ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކު:

GS 3

ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

އދ. ދިގުރަށު ސްކޫލް

ސެކްޝަން:

އިދާރީ ބައި

މުސާރަ:

މަހަކު: -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު: -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މި މަދަރުސާގައި ކުރަންޖެހޭ ފައިސާގެ ހުރިހާ މުޢާމަލާތެއްކޮށް، އެންމެހައި ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން
  2. ދުވަހުން ދުވަހަށް ޔައުމިއްޔާތައް ލިޔެ، ވެރިއެއްގެ ސޮއިކުރުވައި، ފައިލްކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހައި ކަންތައްތައް ބަލަހައްޓައި ރެކޯޑުތައް ފައިލްކޮށް ބެލެހެއްޓުން.
  4. ސްކޫލަށް ލިބޭ ހުރިހާ ލިޔެކިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށް ނަގައި ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ސްކޫލުން ލިޔަންޖެހޭ އެންމެހައި ލިޔުންތައް (ސިޓީ ، މެސެޖް) ލިޔެ، ވެރިންގެ ސޮއިކުރުވައި، ފޮނުވަންޖެހޭ ތަންތަނަށް / ފަރާތްތަކަށް ފޮނުވުން.
  6. ސްކޫލުގެ ސްޓޮކަށް ގެނެވޭ ހުރިހާ މުދަލެއް އެ މުދަލެއް ލިބޭ ދުވަހު (ޕާރޗޭސް އޯޑަރާ އެއްގޮތަށް މުދާ ލިބިފައިވާނަމަ) ސްޓޮކްބާކީއަށް އަރުވައި، ސްޓޮކްރޫމަށް ވައްދައި، ސްޓޮކުން ތަކެތި ގަވާއިދާ އެއްގޮތަށް ދޫކޮށް ބެލެހެއްޓުން
  7. ސްކޫލުގެ އިމާރާތް، ރުއްގަސް، އެންމެހައި ހަރު މުދަލެއްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސްކޫލުގެ އިދާރީ އަދި އެކަޑަމިކް ރެކޯޑުތަކަށް ބޭނުންވާ އެންމެހައި ފޮތްތައް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުން
  9. މިނޫނަސް ވަޒީފާގެ ހައިސިއްޔަތުން އަދި ސްކޫލަށް އެވަގުތަކު ދިމާވާ ކަމަކުން އިސްލާމް ދީނާއި ސިވިލް ސަރވިސްގެ ގަވާއިދާއި ޚިލާފުނުވާ ގޮތުގެމަތީން މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިން އަންގާ މަސައްކަތްތައް ކުރުން.
  10. ސްކޫލުން ބާއްވާ ޖަލްސާ، ސެމިނަރ، މީޓިންގތަކަށް ހާޒިރުވެ، އެ މައުޟޫޢާ ގުޅިގެން އެ މުވައްޒަފެއްގެ ޚިޔާލާއި ލަފާދީ، ބައްދަލުވުމުގެ މެޖޯރިޓީއަށް ތަބާވެ، ބައްދަލުވުން ކާމިޔާބުކުރުމަށް މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބޭނުންވާނޭ ކަންތައްތައް

- މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވާނީ މެރިޓްއުސޫލުން ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަވިއުކޮށް ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުން އެންމަތީ މާކްސް ލިބޭ ފަރާތަކަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިވަޒީފާއަށް އެދި

1- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

3- ލިބިފައިވާ އެކްސްޕީރިއަންސް ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

4- ކޮންޕިއުޓަރައިޒް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖެހި ކޮޕީ)

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6- ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފެއްނަމަ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން"

މި ތަކެއްޗާއެކު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

މި ވަޒީފާއަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއު / ޕްރެޒެންޓޭޝަން ބާއްވާނޭ ތަނާއި ތާރީޚު

ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު / ޕްރެޒެންޓޭޝަން އޮންނާނީ 2016 ޑިސެންބަރު 26 ވާ ހޯމަދުވަހު އދ. ދިގުރަށު މަދަރުސާގައެވެ. އެގޮތުން ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު / ޕްރެޒެންޓޭޝަނުގެ 2 ދުވަސް ކުރިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

- މި ވަޒީފާއާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުނަމަ، 6680841 ނުވަތަ [email protected] އިން މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

ވީމާ، މި ސްކޫލުގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ބޭނުންވާވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ