ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

- ޖުޑީޝަލަ ްއެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 

- ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު:

1- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު /  ޤާބިލުކަން  އިންޓަވިއުގައި  ސާބިތުކޮށްދިނުމާއެކު،  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި  "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއިއެކު، GS 2 ގެ ރޭންކުގައި މަދުވެގެން  2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުން.

- މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ގަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

- ވަނަވަރު (ސީ.ވީ)

ސުންގަޑި:

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00
އެހެނިހެން މަޢުލޫމާތު:

- މި އިޢުލާނަކީ، މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު J03C/2016/03 (3 މާރިޗު 2016) ގެ އިޢުލާނާ ގުޅިގެން މި ވަޒީފާއަށް ކުރިމަތިލާފައިވާ ހަމައެކަނި ފަރާތުން ވަޒީފާ ބޭނުންނުވާތީ، އެކަމަށް އެދޭ ފަރާތެއް ހޯދުމަށް އަލުން ކުރެވުނު އިޢުލާނެކެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި، ރަށްރަށުގެ ކޮމްޕިއުޓަރާއި، ނެޓްވޯކާއި، މެޝިނަރީއާއި، އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެރަށްރަށަށް ދެވޭނެ ފަރާތްތަކަށާއި، ކޮމްޕިއުޓަރު މަރާމާތުކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

5 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ