މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރކް ސްޓޭޝަން ގަތުމަށް

އިޢުލާން

މި ކައުންސިލަށް 8 މީހުންގެ ޖާގައިގެ ވާރކް ސްޓޭޝަން ގަތުމަށް ބޭނުންވެއްޖެއެވެ.

މި ކައުންސިލުގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތަށް 8 މީހުންގެ ވާރކް ސްޓޭޝަނެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 11:30ގައި މިއިދާރާގައެވެ. އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 11:30 ގައި މިއިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަނެވޭގޮތް ނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ކުންފުންޏަކުން ފޮނުވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތިރީގައިމިވަނީ މިމަސައްކަތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް %80

މުއްދަތަށް  % 10

މާލީތަނަވަސްކަމަށް  % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ޛުލްޤަޢިދާ 1437   

24 އޮގަސްޓް 2016
ހޯދާ